ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެދުއިރުމައްޗަށް އަތްގަދަކުރުމުމަށް ޔަހޫދީން ރާވާރޭވުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
TTH_Ads
STO_Ads

މެދުއިރުމައްޗަށް އަތްގަދަކުރުމަށް ގެންގުޅޭ ތަސައްވުރާއި ގުޅޭގޮތުން ޔަހޫދީ ސަރުކާރުން ދެއްކި ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކަށް އަތްގަދަކުރުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ “ވިޝަން އޮފް ގްރޭޓަރ އިޒްރާއިލް”ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްތީނާއި އަރަބި އެހެން ޤަޢުމުތަކުގެ ބިންތަކަށް އަތްގަދަކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އިއުލާންކުރި “ވިޝަން އޮފް ގްރޭޓަރ އިސްރާއިލް” އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

Maldivian_Ads

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ތަކުރާރުކުރައްވާފައެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ގައުމަކަށްވާއިރު، ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހި ސަރުކާރުން ދަނީ ފަލަސްތީނު ރައްޔިތުންގެ ހައްޤުގައި ކެނޑިނޭޅި އަޑުއުފުލަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއީލުން ބޮމެއް “އަތަށް ގޮވައި” ސިފައިންގެ މީހަކު މަރުވެއްޖެ

ފަލަސްޠީން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ އެއްވެސް ވިސްނުމެއް އަދި ނެތް: ޖޭ.ޑީ ވެންސް