ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއިން ޙައްޖަށްދާ ފުރަތަމަ ގުރޫޕު ސައުދީ އަރަބިއްޔާއަށް ފުރައިފި

43
STO_Ads
TTH_Ads
Advertisement

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ދާ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.

މިއަދު މެންދުރު 15:25 ގައި ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި 235 ޙައްޖުވެރިން ފުރާފައިވާއިރު، ގިނަ ޙައްޖުވެރިން ވަނީ ދަތުރަށް ޚާއްސަކޮށް ހަމަޖައްސާފައިވާ ބަސްތަކުގައި ހެނދުނު ވަރަށް އަވަހަށް އެއަރޕޯޓަށް ގޮސްފައެވެ.

އިތުރު ޙައްޖުވެރިން އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ފުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އިސްލާމިކް މިނިސްޓްރީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި އެހެނިހެން ކަމާބެހޭ ފަރާތްތައް ގުޅިގެން ޙައްޖުވެރިން ފުރުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެއާޕޯޓުގައި ވަނީ ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މީގެ ތެރޭގައި ޙައްޖުވެރިން އުފުލާ ބަސްތައް ޕާކުކުރުމަށާއި ޙައްޖުވެރިން އެއަރޕޯޓަށް އައުމަށް ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ.

ޙައްޖުވެރިން މައްކާއަށް ދިއުމުގެ ކުރިން ބޭނުންވާ ހުރިހާ ލޮޖިސްޓިކަލް މަސައްކަތްތަކެއް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަށަވަރުކޮށްދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި އިންތިޒާމުތަކުގެ ތެރޭގައި އެކޮމޮޑޭޝަން، ލޯކަލް ޓްރާންސްޕޯޓް، އަދި މިނާ އާއި އަރަފާތުގައި ބޭނުންވާ އަސާސީ ޚިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ޙައްޖުގެ މުޅި ދުވަސްވަރު ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މައްކާގައި ހަރަކާތްތެރިވާ މޯލްޑިވްސް ޙައްޖު މިޝަންއިން ކަންކަން ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

މިއަހަރުވެސް ރާއްޖެއަށް 1000 ޙައްޖުވެރިންގެ ކޯޓާ ލިބިފައިވާއިރު، މި ހުރިހާ ޙައްޖުވެރިންގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ. ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ ޙައްޖުވެރިންނަށް ފަސޭހައިން ދަތުރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

އެހެން ގައުމުތަކަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން ބޭނުންނުކުރާ ކޯޓާތައް ރާއްޖެއަށް ލިބޭނެ މަގެއް ހޯދަން މަޝްވަރާކޮށްފި

3

ހައްޖާއި އުމްރާއާ ގުޅޭ ޚާއްސަ އެޕެއް ނެރެފި

ޙައްޖު 2025: 10ން 4 އަކަށް ޙައްޖުވެރިން ފޭލިގެތަކުގައި ތިބުމަށް އިލްތިމާސް ކޮށްފި

2333333333333333333333

ދިވެހި ހައްޖުވެރިން މިނާއަށް ދާން ދަތުރު ފަށައިފި