ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފޮޓޯއިން ޚަބަރު: ޙައްޖުގެ އަޅުކަމަށް މައްކާއިން ވެފައިވާ ތައްޔާރީތައް ދައްކާލުން

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެފައިވާ ތައްޔާރީތައް ދައްކާލަނީ:
STO_Ads
Maldivian_Ads
TTH_Ads
Advertisement

މައްކާގައި ހުންނަ މާތްވެގެންވާ މަސްޖިދުލް ހަރަމްގައި މިއަދު ކުރެވުނު ހުކުރު ނަމާދުގައި އެތައްހާސް މުސްލިމުން ބައިވެރިވިއެވެ. މީގެތެރޭގައި ގިނައީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް މައްކާއަށް ގޮސްފައިވާ އެހެން ގައުމުތަކުގެ މުސްލިމުންނެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަކުރުން ކުރިއަށް އޮތްއިރު، ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެމިލިއަނާ ގާތްކުރާ އަދަދަކަށް މުސްލިމުން މައްކާއަށް ޖަމާވެފައި ވެއެވެ.  ހައްޖުގެ އަޅުކަމަށް އަދިވެސް މުސްލިމުން މައްކާއަށް ޖަމާވަމުން އެބަދެއެވެ.

ހައްޖުވެރިންނަށް އޯގާތެރިކަމާއި، ސަލާމަތްތެރިކަމާއި އަދި ދަތިކަމެއްނެތި ހައްޖުގެ އަޅުކަމުގެ ކަންކަން ފުރިހަމަކޮށްދިނުމުގައި އެހީތެރިވުމަށް ސައުދީ އަރަބިއްޔާވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

HajjCop_ads
Advertisement

ހައްޖުވެރިންނަށް ޚިދުމަތް ދިނުމަށް އެތައްހާސް މެމްބަރުން ހިމެނޭ ސަލާމަތީ ފައުޖުތަކުން ވެފައިވާ ތައްޔާރީތަކާއި، ޕްލޭންތައް ދައްކާލުމަށް ޚާއްސަ އަސްކަރީ ޕެރޭޑެއްވެސް މައްކާގައިވަނީ ބާއްވާފައެވެ. މި ޕެރޭޑްގައި ސަލާމަތީ ކަންކަން ބަލަހައްޓާ ފައުޖާއި، އަސްކަރީ ވެހިކަލްތަކާއި، ޚާއްސަ ފައުޖުގެ ޔުނިޓްތަކާއި، އިމަޖެންސީ ރެސްޕޮންސް ޓީމުތަކާއި، ވައިގެ ސާވެއިލެންސް އޮޕަރޭޝަނަށް ވެފައިވާ ތައްޔާރީތައްވެސް ދައްކާފައި ވެއެވެ.

މި ޕެރޭޑް އިންސްޕެކްޓް ކޮށްދެއްވީ ސައުދީ ސަރުކާރުގެ ދާޚިލީ ވަޒީރު އަދި ސުޕްރީމް ހައްޖު ކޮމިޓީގެ ޗެއަރމަން ޕްރިންސް އަބްދުލް އަޒީޒް ބިން ސުއޫދުއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މާދަމާ މިސްރަށް ވަޑައިގަންނަވަނީ

ފޮޓޯއިން ޚަބަރު: ސޮއިކުރެއްވުމުގެ ކުރިން 3 ލީޑަރުންވެސް ވަޑައިގެންނެވީ ހުކުރު ނަމާދަށް

ޕާކިސްތާނުގެ ބޮޑުވަޒީރާއި، ސިފައިންގެ ވެރިޔާ މާދަމާ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވަނީ