އއ.ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭތީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (44އ) އެވެ.

އެނާ ހައްޔަރުކޮށްފައި ވަނީ، މާލެއިން އެ ރަށަށް ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ ހިދުމަތަށް ލިބުނު މައުލޫމާތުގެ އަލީގައި ހިންގި އޮޕަރޭޝަންގައި އެ ރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 75 ރަބަރު ޕެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވާތީއެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލާގައި އެނާ ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

ޢަލީ ޢާމިރު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.