ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤަވާއިދާ ޚިލާފަށް ހިންގި 102 ވިޔަފާރިއެއް ވާނީ ބަންދުކޮށްފައި: ސަޢީދު

Minister Saeed
STO_Ads
TTH_Ads
Advertisement

ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ ބަންދުކުރުމަށް ސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 242 ތަނެއް ބަލައިފާސްކޮށް 102 ތަނެއް ބަންދުކޮށްފައިވާކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މި އޮޕަރޭޝަން ފެށިފަހުން ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތަކާ ގުޅިގެން 409 ޝަކުވާއެއް ލިބިފައިވާކަމަށާއި،  މި އޮޕަރޭޝަނުގައި 242 ތަނެއް ބަލައިފާސްކޮށް، އެއިން 102 ވިޔަފާރިއެއް ބަންދުކުރި ކަމަށެވެ. ބަންދުކުރެވުނު ހުރިހާ ތަންތަނަކީ ގާނޫނާ ހިލާފަށް ހިންގާ ވިޔަފާރިތައް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެއިން ބައެއް ތަންތަނަށް އަލުން ވިޔަފާރިކުރަން ހުއްދަދޭއިރު، ކަނޑައެޅިގެން ގާނޫނާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް އެކީ ބަންދުކުރާ ކަމަށެވެ.

 ބަންދުކޮށްފައި މިބަލަނީ އޭގައި އިލީގަލް ޕްރެކްޓިސަސް ހުރިތޯ، އެގޮތަށް ބެލިއިރު އިލީގަލް ބިޒްނަސަސް ކަމުގައި ފާހަގަކުރެވުނު 57 ތަނެއް ބަންދުކޮށްފައި އެބަވޭ. ސެލޫން އެންޑް ސްޕާގެ ތެރޭގައި 45 ތަނެއް. އަދި އޭގެ އިތުރަށް ބަންދުކޮށްފައި އަލުން ހުޅުވަން ހުއްދަ ދިން، ނުގަވާއިދުން ހިންގި ވިޔަފާރިއެއް ނޫން ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުން އަލުން ހުވަން ހުއްދަ ދިން 61 ތަނެއް ހުޅުވަން ހުއްދަދީފައިވޭ.

HajjCop_ads
MMA_Ads
Advertisement

އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ އެތަންތަން ބަންދުކުރުމުގެ ބޮޑު އޮޕަރޭޝަން އިގުތިސާދީ ތަރައްގީއާއި ބޭހާ ވުޒާރާއާއި ފުލުހުންގެ ހިދުމަތާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކާއި މުއައްސަސާތައް ގުޅިގެން ފެށީ ނޮވެންބަރު 29 ވަނަ ދުވަހުއެވެ.

 

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދަންޑަހިލު
ތިއީ އިއްޔެއަކު މިއަދަކު މިރާއްޖޭގަ ފަށައިގެންއުޅޭކަމެއްނޫން، މާޒީގަ ސަރުކާރުތަކަށް އައްޔަންކުރިވެރިންނަށް ތިކަންކަން ނޭނގެނީއެއްނޫން،ތިކަމުގެ ތެރޭގަ އަދިވެސް ވޯރާވިޔަފާރިވެރިންގެބަޅާވެރިންގެ ބިރުވެރިކަންއަދިވެސް މިރާއްޖޭގަ އެބައޮތް ރޖ.ޑރ.މމ.ގެ ރައްޔިތުންގެސަރުކާރުން ޒަމާންވީމިބާވެރިކަންވެސް ދިވެހިންގެއިޤްތިޠާދުމިނިވަންކުރެވޭނި،ރައުސް މުޢިއްޒުއަށް 28 އޯކޭ

ގުޅުންހުރި

Zakaath

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު މާދަމާ ހުޅުވާލަނީ

ރާއްޖެ-ޖަޕާން، ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ މީސްލްސް ވެކްސިން ހަދިޔާކޮށްފި