ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

raees Muiz
STO_Ads
TTH_Ads
Advertisement

ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ހުރިހާ ސިޓީތަކެއްގައި ވެސް ސިންތެޓިކް ޓްރެކް އަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މި މަސައްކަތްތައް ފެށޭނެ ސީދާ ތާރީޚު ނުދެންނެވި ނަމަވެސް، މި އަހަރުގެ ތެރޭގައި މި ހުރިހާ ޓްރެކެއްގެ މަސައްކަތްތައް ވެސް ފެށޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

“ހުރިހާ ސިޓީތަކެއްގައި ސިންތެޓިކް ޓްރެކްސް ހަދާގޮތަށް އޮންނާނީ ނިންމާފައި. އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި މި މަސައްކަތް ފަށަން ނިންމާފައި އޮތްކަމެއް އެއީ. ފެށޭނެ ޑޭޓެއް މިގަޑީ ދަންނަވާ ނުލެވުނަސް، މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓުތައް ކުރިއަށްދާނެ”. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސިޓީތަކުގައި ސިންތެޓިކް ޓްރެކް އަޅަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެއްގެ ދަށުންނެވެ. މި އެލްއޯސީގެ ދަށުން ސިންތެޓިކް ޓްރެކް އަޅާނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ އަދި ތިނަދޫ ސިޓީގައެވެ.

މާލޭގެ މާފަންނު ސްޓޭޑިއަމްގައި ކްރިކެޓް ދަނޑު ވަށައިގެން އަޅާފައިވާ ސިންތެޓިކް ޓްރެކަކީ ވެސް އިންޑިއާގެ ހިލޭ އެހީގައި އަޅާފައިވާ ޓްރެކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ޓްރެކްތަކުގެ މަސައްކަތް ނިމުމުން، އެތުލެޓިކްސްގައި ކުރިއަރާދާން ބޭނުންވާ އެތުލީޓުންނަށް ވަރަށް ފަހި، ބޮޑު ފުރުސަތެއް ފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް