ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑީއެންއާރާއި ކަރެކްޝަންސްއާ ދެމެދު މަޢުލޫމާތު ކަށަވަރުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި، ޑިޕާޓްމަންޓްއޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ނައިބު އަޙްމަދު ޢާލީ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރުއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މަޢުލޫމާތުތަކުގެ ސައްޙަކަން އިތުރަށް ކަށަވަރުވެ، އެ މަރުޙަލާ އިތުރަށް އަވަސްވެ، ހަރުދަނާވެގެންދާނެކަމަށެވެ.

HajjCop_ads
Advertisement

އެގޮތުން އާއިލީ މަޢުލޫމާތު ކަށަވަރުކޮށް، ގައިދީއަށް ޒިޔާރަތްކުރާ މީހާއަކީ އާއިލާ މެމްބަރެއްތޯ ކަށަވަރުކުރުމަށް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ. އަދި ގައިދީންނާއި ގުޅޭ އެންމެ ފުރިހަމަ އަދި އެންމެ ފަހުގެ މަޢުލޫމާތު ބެލެހެއްޓޭނެކަމަށްވެސް ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގަތުން ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުންގެ މަޢުލޫމާތުތަކާއި އެފަރާތްތަކުގެ ޢާއިލާތަކުގެ މަޢުލޫމާތުތައް ފަސޭހައިން ކަށަވަރުކުރެވޭނެކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދަނީ

Igmh

ޕެރޯލްގެ ފުރުޞަތު ދިނުން އަވަސްކުރުމަށް ގިނަ އަދަދެއްގެ ގައިދީންނާ އިންޓަވިއުކޮށްފި

hulhumale jalu

ހުޅުމާލެ ޖަލުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އިތުރުކުރި 4 ބްލޮކް މިހަފުތާގައި ހުޅުވަނީ

43

މާފުށި ޖަލު ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކަރެކްޝަންސް އިން ފަށައިފި