ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެއި ހައެއްގެ ހަމަލާ: ރައީސް ނަޝީދުގެ ޞިއްޙަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ

43
STO_Ads
TTH_Ads
Advertisement

މީގެ ފަސް އަހަރު ކުރިން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށްފަހު ޑޮކްޓަރުން ލަފާކުރި ގޮތަށް އެމަނިކުފާނުގެ ޞިއްޙަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ބުދަ ދުވަހު އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މި ޙަމަލާ ދީފައިވަނީ 6 މެއި 2021 ގައެވެ. އޭރު ނަޝީދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައެވެ. ނަޝީދު އެމަނިކުފާނުގެ އާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ހިންގަވަމުން ދަނިކޮށް، ކައިރީގައި ޕާކުކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ވަނީ ގޮއްވާލާފައެވެ.

މި ޙަމަލާގައި ނަޝީދުގެ ހަށިކޮޅަށް ގިނަ އަދަދެއްގެ ޝްރެޕްނަލް ވަދެފައިވާއިރު، އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ތިން މީހަކަށާއި އެ ސަރަޙައްދުގައި ތިބި އާންމުންގެ ދެ މީހަކަށް ކުދި އަނިޔާތައް ލިބުނެވެ. އޭގެ ފަހުން އެމަނިކުފާނުގެ ހަށިކޮޅުން ޝްރެޕްނަލްތައް ނެގުމަށް އޭޑީކޭ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެވުނެވެ. އެމަނިކުފާނުގެ ޙާލުކޮޅު ރަނގަޅުވުމާއެކު، އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގެންދެވި، އެތަނުގައި ޚާއްޞަ ފަރުވާ ހޯއްދެވުމުގައި އެތައް މަހެއް ހޭދަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ ފަސް އަހަރު ކުރިން ދިން ޙަމަލާއިން ފަރުވާ ހޯއްދަވަމުން ގެންދެވިއިރު، ފަސް އަހަރު ތެރޭގައި އެއްކޮށް ރަނގަޅުވާނެ ކަމަށާއި ދެން ކަންބޮޑުވާން ޖެހޭނީ ހަމައެކަނި ކަނާތުގެ ތިން އިނގިއްޔެއްގެ ޙަރަކާތާމެދު ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވިއެވެ.

ޑޮކްޓަރުން ލަފާކުރި ގޮތް ރަނގަޅު ކަމަށާއި، އަވަހަށް ޝިފާ ދެއްވި ކަމަށްޓަކައި މާތްالله އަށް ޙަމްދުކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެއި ހައެއްގެ ޙަމަލާގެ ޝަރީޢަތްތަކުން މިހާތަނަށް ދެ މީހަކަށް ކުރި ދައުވާ ވަނީ ސާބިތުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައިއީޑީ ގޮއްވާލި ކަމަށް އިއުތިރާފުވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙުމަދު ރަޝީދެވެ. އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އޭގެ ދަށުން 2021 ވަނަ އަހަރު އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުالله ޢަލީ މަނިކުގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގައި ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

މެއި ހައެއްގެ ޙަމަލާއާ ގުޅިގެން އަދުހަމް އަދި ޢަލީ މަނިކު ހިމެނޭހެން ޖުމްލަ ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލުނެވެ. ދެން ހިމެނޭ މީހުންނަކީ މ. ފޭރުގެ، މުޖާޒު އަޙުމަދު، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަޙުމަދު، ނ. މަނަދޫ ނޫރީގެ ޢަލީ ހައިޝަމް، އއ. މާޅޮސް އާސަރީގެ މުޙައްމަދު ނާޒިމް، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ ޢަލީ، ކ. މާލެ މ. ކުދެހިގެ އިސްޙާޤު އަދި ހއ. ހޯރަފުށި އަލަނާސިގެ މުޙައްމަދު ތަސްލީމެވެ.

ބޮމުގެ ޙަމަލާ ރޭވުމުގައި އެންމެ އިސްކޮށް ހުރީ ތަސްލީމު ކަމަށް ފުލުހުން ކުރިން ބުނެފައިވީ ނަމަވެސް، އޭނާގެ މައްޗަށް ކޯޓުގައި ކުށް ސާބިތުވެފައެއް ނުވެއެވެ

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ނުބާއްވައިފިނަމަ ޕާޓީގެ މަސްލަހަތު ގެއްލޭނެ: ނަޝީދު

43

އެމްޑީޕީ ދެކެ އަބަދުވެސް ލޯބިވޭ: ނަޝީދު

Igmh

އެމްޑީޕީއާ ދެކޮޅަށް ކުރިން މަސައްކަތްކުރެއްވި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން: ނަޝީދު

43

ޗެއާޕާސަންގެ އިންތިހާބު ކެމްޕޭނަށް ސޯލިހުގެ ފެކްޝަނުން ހުރަސްއަޅާ ކަމަށް ނަޝީދު ތުހުމަތުކުރައްވައިފި