ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޫން މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއަށް ކުރާ ވިއްސާރަ އިތުރުވާނެ ކަމަށް ލަފާކޮށްފި 

43
TTH_Ads
Maldivian_Ads
STO_Ads
Advertisement

މިއަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވެހޭނެ ވާރޭގެ މިންވަރު އާންމު މިންގަނޑަށްވުރެ އިތުރުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މީޓިއޮރޮލޮޖިސްޓް ނަޞްރު އިސްމާޢީލް ވިދާޅުވީ ޖުމްލަ ވާރޭ ވެހޭ މިންވަރު އިތުރުވި ނަމަވެސް، ވާރޭ ވެހޭ ދުވަސްތަކުގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ. މީގެ މާނައަކީ ވާރޭ ވެހޭ ވަގުތުތަކުގައި ވަރަށް ބޯކޮށް ވެހޭނެ ކަމެވެ.

މިހާރު ރާއްޖެ މި އޮތީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ އިންތިގާލީ މަރުހަލާގައެވެ. އާންމުކޮށް ހުޅަނގު މޫސުން ފެށެނީ މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގައެވެ.

HajjCop_ads
Advertisement

ހުޅަނގު މޫސުން އުފެދެނީ ދެކުނު ބިތުގައެވެ. އެހެންކަމުން، މޫސުން ބަދަލުވުމުގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. އޭގެ ފަހުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ބަދަލުވާނެއެވެ.

ވިއްސާރަ އިތުރުވި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ހޫނުމިން ވެސް ހުންނާނީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މެޓް އޮފީހުން މި މައުލޫމާތު ހާމަކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ނެރުނު ސީޒަނަލް ފޯކާސްޓްގައެވެ. ރައްޔިތުން މޫސުމަށް ސަމާލުވުމަށާއި، ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު

moosun

އެލްނީނޯގެ އަސަރު އަންނަ އަހަރުގެ ފެބުރުވަރީމަހާ ހަމައަށް ދެމިގެންދާނެ

male city

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ އެލްނީނޯގެ އަސަރު އެންމެ ގަދަވާނީ ނޮވެންބަރުގައި: މެޓް

moosun

މިއަހަރު އެންމެ ހޫނުގަދައީ މިއަދު