ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާތިލްކުރަން ކޯޓަށް

TTH_Ads
STO_Ads
Maldivian_Ads
Advertisement

އެމްޑީޕީގެ ޗެއާސަޕާން އިންތިހާބަށް އެ ޕާޓީން ނެރުނު ޓައިމްލައިން ބާތިލު ކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުއްވުމަށް ފަހު، މީޑިއާތަކަށް ޝާއިރު ފޮނުއްވި ބަޔާނެއްގައި ވިދާޅުވީ، ޓައިމްލައިންގައިވާ ނިންމުމަކީ ޕާޓީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށާއި އޭގެ ސަބަބުން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތަަށް ހުރަސް އެޅޭ ކަމަށެވެ

HajjCop_ads
Advertisement

ޝާއިރުގެ ބަޔާނުގައި ވިދާޅުވީ، އެމްޑީޕީގެ އަސާސީ ގަވައިދުގެ 46 ވަނަ މާއްދާގައިވާ ގޮތުން، “ޗެއާޕާސަންގެ އިންހާބުގެ ކަންތައްތައް ހިންގާނީ އިސްތިއުނާފުގެ ފަނޑިޔާރު މަޖިލީހުގެ ރައީސް ކަމަށާއި ނަމަވެސް އިސްތިއުނާފް ފާނޑިޔާރުންގެ މަޖިލީހުގެ ރައީސް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވާ ގޮތުން، ޗެއާޕާސަން އިންތިހާބަށް އިއުލާންކޮށްފައިވަނީ އޭނާއަށް އެންގުމެއް ނެތިއެވެ.

އެހެންވެ، އެ އިއުލާނަކީ ބާތިލް އިއުލާނެއް ކަމަށް ކަނޑައަޅައިދޭން ޝާއިއު އަފީފް ވަނީ އެދިފައެވެ.

އެމްޑީޕީން ކުރި އިއުލާނުގައިވާ ގޮތުން އެ ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

އެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު، (ވާޑު) އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮޅު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ. އެ ތިން ބޭފުޅުންވެސް މިހާރު ވަނީ އިންތިހާބުގެ ކެމްޕެއިން ފައްޓަވައިފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HR1YROoaUAAYTo6

އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފި

Saeed

އެމްޑީޕީގެ ނައިބު ރައީސްކަމުން ހިސާން އިސްތިއުފާ ދެއްވައިފި

Saeed

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާދެއްވައިފި

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ