ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިޔަށް އޮތް 2 ދުވަހު ވެސް ވާރޭ ވެހޭނެ: މެޓް އޮފީސް

moosun raining
STO_Ads
TTH_Ads
Advertisement

ކުރިޔަށް އޮތް ދެ ދުވަހު ވެސް ގުގުރުމާ އެކު، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މީޓްރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ، ކުރިޔަށް އޮތް ދެ ދެވަހު ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ދައްކާ ކަމަށާއި އޭގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މާދަމާއަކީ ބޮޑަށް ވިއްސާރަ ދުވަހެއް. ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އޮންނާނެ. ބައެއް ރަށްތަކަށް ފެން ބޮޑުވުމުގެ ފުރުސަތު އޮންނާނެ. ހާއްސަކޮށް މާދަމާ. އެވްރެޖުވައި އުޅޭނީ ފަސްމޭލު 15 މޭލާ ދެމެދު. ވިލާގަނޑު އަންނަ ގަޑީގައި ގާތްގަނޑަކަށް 30 މޭލަށް ގަދަވުމުގެ ފުރުސަތު އެބައޮތް،” ހާފިޒު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި ކަޑުތައް ގަދަވުން އެކަށީގެންވާ ކަމަށެވެ.

މިއަދުގެ 18:00 އާ ހަމަޔަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖޭހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރު މިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ކަނޑުގެ ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު

Moosun

ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ- މެޓް

moosun

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

moosun raining

މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް: މެޓް އޮފީސް