ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ސަޢީދާއި ޞާދިގު

STO_Ads
TTH_Ads

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އަޙްމަދު ސަޢީދާއި ޢަބްދުﷲ ޞާދިޤު ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

މި ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިއަދު މެންދުރު 15:00 އާ ހަމައަށެވެ. މި މުއްދަތުގައި ލިބިފައިވަނީ އެންމެ ދެ ބޭފުޅުންގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި މުއްދަތު ހަމަވިއިރު ފޯމު ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އަޙްމަދު ސަޢީދު ހުށަހެޅުއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ފަރާތުން ކަމަށެވެ. އަދި ޢަބަދުﷲ ޞާދިޤު ފޯމު ހުށަހެޅުއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީންނެވެ. މިދެބޭފުޅުންގެވެސް ކެންޑިޑަސީ ޤަބޫލްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

HajjCop_ads

އެމްޑީޕީން ޞާދިޤުއަށް އެ ޕާޓީގެ ޓިކެޓު ދީފައިވަނީ ޕްރައިމަރީއަށް ހުޅުވާލި މުއްދަތުގައި އިތުރު އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީއެވެ. ޞާދިޤުވަނީ އައްޑޫގެ ކުރީގެ މޭޔަރުގެ މަޤާމު އަދާކުރައްވާފައެވެ.

ޕީއެންސީގެ ޓިކެޓު ސަޢީދަށް ދީފައިވަނީ ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރި ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާން ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެންނެވެ. ސަޢީދު މިހާރު ހުންނެވީ އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައެވެ.

އިލެކްޝްންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 6ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 14

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި

majilis

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6ގައި