ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުލުމާލޭގައި މަގުހަދާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފި

hulhumale
Maldivian_Ads
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގެ މަގުތައް މާރާމާތުކުރުމުގެ މަސައްކަތް ކުރާ ސަރަހައްދުތަކަށް ޢާއްމުން ނުވަނުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، މަހު ހެދުމުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ، ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަމަށް ވީހާވެސް ބުރޫނާރާނެ ގޮތަކަށް ބަލައިގެން ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއްވައެވެ. އެޗްޑީސީން ބުނީ، މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރެވޭނެ ކަމަށެވެ. އެހެންކަމުން، މަސައްކަތް ކުރުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަށް ނުވަނުމަށާއި، ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާއި އެއްގޮތަށް އަމަލުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން ބުނީ، މި މަސައްކަތަކީ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި މަޝްރޫއާ ގުޅިގެން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭ ކަމަށެވެ.

HajjCop_ads
Advertisement

އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ހަލާކުވެފައިވާ މަގުތައް ހެދުމުގެ މަސައްކަތް އަވަސްކުރަމުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ހޭލުންތެރިކަމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް