ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަރަންޓް ކޭބަލަކަށް ގެއްލުންވެއްޖެނަމަ، ސިއްރުނުކުރަން ސްޓެލްކޯއިން އިލްތިމާސްކޮށްފި

stelco
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިންކޮނުމުގެ މަސައްކަތް ކުރާއިރު، ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުވާނޭހެން އިތުރަށް ސަމާލުވުމަށާއި، އެފަދަ ގެއްލުމެއް ލިބިއްޖެނަމަ ސިއްރު ނުކޮށް އެކަން އެންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވުން ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މިހާރު ވަނީ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން ފާހަގަކުރިއެވެ. އެ ފަހަރު ކޭބަލަށް ލިބުނު ގެއްލުން ބެލުމަށް “ފޯލްޓް ޑިޓެކްޓަރ” ބޭނުންކޮށްގެން ކުރި މަސައްކަތުން، ކޭބަލްގެ އެހެން ދިމާއަކަށް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ އެނގިފައެވެ. އަދި އެ ގެއްލުން ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

HajjCop_ads
Advertisement

މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާތީ، ސްޓެލްކޯއިން ވަނީ މިކަމާ ގުޅޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ ބާރުއަޅާފައެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން ކުންފުންޏަށް އެންގުމަށް އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC 4298 (1)

ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހުރިހާ ރަށެއްގެ ޚިދުމަތްތައް ބަދަލުކުރަނީ

WhatsApp Image 2026 09 02 at 17.25.01

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު

stelco MD

އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމަށް ސްޓެލްކޯގައި އަބަދުވެސް ފުރުޞަތު އޮންނާނެ: ޑރ. އަޒުވަރު

stelco MD

އިންޖިނިއަރިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް ސްޓެލްކޯގެ ދޮރުތައް ވަނީ ހުޅުވިފައި: ޑރ. އަޒްވަރު