ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ

finance
TTH_Ads
STO_Ads

މާލީ ވުޒާރާއިން އާންމުކޮށްފައިވާ މިއހަަރުގެ 15 ވަނަ ހަފުތާގެ މާލީ ރިޕޯޓަށް ބަލާއިރު، 16 އޭޕްރީލް 2026 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 13.6 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 12.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެއާއެކު، ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 12.0 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ 10.3 ބިލިއަން ރުފިޔާއަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެކެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ބަޖެޓު މިވަގުތު އޮތީ 1.6 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގަ އެވެ.

ފާއިތުވި ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ބަދަލަކީ، ސަރުކާރުގެ ކެބިނެޓަށާއި މުއައްސަސާތަކުގެ އޮނިގަނޑަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، ދައުލަތުގެ ވުޒާރާތަކާއި އިދާރާތައް ތަރުތީބުކޮށްފައިވާ ގޮތަށް ގެނައި އިސްލާހެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 15 އޭޕްރީލް 2026 ގައި ނެރުއްވި އިރުޝާދާ އެއްގޮތަށް މި ބަދަލުތައް މިހާރު ވަނީ މި ރިޕޯޓުގެ ތާވަލުތަކުގައި ހިމަނާފައެވެ. މީގެ ބޭނުމަކީ ސަރުކާރުގެ މިހާރުގެ އޮނިގަނޑާ އެއްގޮތަށް ދައުލަތުގެ މާލީ ހިސާބުތައް ރައްޔިތުންނަށް ހާމަކޮށްދިނުން ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އަށް ދޫކުރާ ޖުޑީޝަރީ ސެކްޓަރަލް ގްރާންޓް އާ ގުޅިގެން ޚަރަދުތައް ރިޕޯޓުކުރާ ގޮތަށް ވެސް މާލީ ވުޒާރާއިން ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، 9 އޭޕްރީލް 2026 އިން ފެށިގެން ބްލޮކް ގްރާންޓް އުސޫލަށް ބަދަލުވުމާ ގުޅިގެން، ޑީ.ޖޭ.އޭގެ ޚަރަދުތައް ބަޖެޓު ތާވަލުތަކުން ވަނީ އުނިކޮށްފަ އެވެ. މިއީ ޚަރަދުގެ ތަފާސްހިސާބުތައް އިތުރަށް ސާފުކޮށް ހުށަހެޅުމަށް ގެނެވުނު ބަދަލެއްކަމަށް ވުޒާރާއިން ބުނެ އެވެ.

Maldivian_Ads

އާމްދަނީއަށް ބަލާއިރު، ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ) އިންނެވެ. އެގޮތުން 16 އޭޕްރީލް 2026 ގެ ނިޔަލަށް ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާތަކުން ވެސް ވަނީ އާމްދަނީ އިތުރުވެފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 33.5 އިންސައްތަ އިތުރުވެ 768.0 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 39.1 އިންސައްތަ އިތުރުވެ 649.5 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ 10.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރަށްވުރެ 14.6 އިންސައްތަ އިތުރުވުމެކެވެ. ހަރުމުދަލަށް ކުރާ ޚަރަދު ނުވަތަ ކެޕިޓަލް ޚަރަދު 39.9 އިންސައްތަ އިތުރުވެ، 1.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 4.0 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 6.7 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. ފާއިތުވި ހަފުތާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރާ ހޭދައެވެ. އެގޮތުން 16 އޭޕްރީލް 2026 އާ ހަމައަށް ސަބްސިޑީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36.2 އިންސައްތައިގެ އިތުރުވުމެކެވެ.

ދައުލަތަށް ލިބޭ އާމްދަނީ ޚަރަދަށްވުރެ އިތުރުވުމުގެ ސަބަބުން، މި މުއްދަތު ނިމުނުއިރު ދައުލަތުގެ މާލީ ހާލަތު އޮތީ ސާޕްލަސްގައިކަމަށް ހިސާބުތަކުން ދައްކަ އެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

mma

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި