ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރްޑީސީން ގެނައި ހެވީ ވެހިކަލްތަކަށް ޓެކްނިކަލް މީހުން ތަމްރީންކޮށްފި

STO_Ads
TTH_Ads

އާރްޑީސީން ގެނައި ހެވީ ވެހިކަލް ފްލީޓަށް ގިނަ ޢަދަދެއްގެ ޓެކްނިކަލް މީހުން ތަމްރީނުކޮށް ނިންމާލައިފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ގިނަ ޢަދަދެއްގެ ހެވީ ވެހިކަލް އާރްޑީސީ މެދުވެރިކޮށް ރާއްޖެ ގެނައީ މިމަހުގެ ފުރަތަމަ ހަފްތާގައެވެ. އެގޮތުން 230 ވެހިކަލް ރާއްޖެ ގެނެސްފައިވެއެވެ.

އާރްޑީސީން މިހާރު ގެންދަނީ މި އުޅަނދުތައް ފޮނުވާނެ ރަށްތަކާއި ޕްރޮޖެކްޓްތައް ކަނޑައަޅަމުންނެވެ. ފުރަތަމަ ބުރުގައި 20 ރަށަކަށް އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވިދާޅުވެއެވެ.

Maldivian_Ads

އާރްޑީސީން ވަނީ މާލޭގައި މަސައްކަތް ކުރާ އާރްޑީސީގެ މުވައްޒަފުންނާއި އަތޮޅުތަކުގެ ރަށްރަށުގައި އާރްޑީސީގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމެއް ތަމްރީންކޮށްފައެވެ. އެގޮތުން ވެހިކަލް އޮޕަރޭޓަރުންނާއި މެއިންޓަނަންސް ޓީމެއް ހިމެނޭހެން 108 މީހުން ވަނީ ތަމްރީންކޮށްފައެވެ. މިތަމްރީންތަކުގައި ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕްރެކްޓިކަލް ބައިތައް ކުރިއަށްގެންގޮސްފައިވަނީ ތިލަފުށީގައެވެ.

އާރްޑީސީން ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ކުރިއަށްދަނީ ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތްކަމަށެވެ. އެ މަސައްކަތްތައްވެސް ފަހުގެ މަރުހަލާތަކުގައި ކުރިއަށްދާއިރު އުޅަނދުތައް ފޮނުވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކުންފުނިންވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގަމުން އަންނައިރު މެޝިނަރީ އާއި އުޅަނދު ފޮނުވާ ރަށްރަށުގައި ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކަށްވެސް، ބޭނުންވާ ޙާލަތުގައި މި އުޅަނދުތައް ބޭނުންކުރެވޭނެގޮތަށް އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.

ހެވީ ވެހިކަލްގެ ގޮތުގައި އެސްކަވޭޓަރު، ފޯކްލިފްޓް އަދި ޑަމްޕް ލޮރީވެސް ގެނެސްފައިވެއެވެ. މެޝިނަރީތަކުގެތެރޭގައި ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށްޓަކައި އަލަށް ވަނީ 4 ތާރު ޕްލާންޓެއް ގެނެސްފައެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ 3 ޕްލާންޓެވެ. މި އުޅަނދުތައް ރާއްޖެ އެތެރެކޮށްފައިވަނީ ޗައިނާގެ ތަޖުރިބާކާރު ކުންފުންޏެއް މެދުވެރިކޮށެވެ.

މި މަސައްކަތުގައި މާލެ ސަރަޙައްދުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތަކަށެވެ. ގުޅިފަޅުގެ ޔުޓިލިޓީ ޚިދުމަތްތައް ފެށުމަށް ސަރުކާރުން ނިންމާފައިވަނީ އެމްޓީސީސީއާއި އާރްޑީސީއާއި ހަވާލުކޮށްގެންނެވެ. އެކަމަށް ބޭނުންވާ ތައްޔާރީތައް އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.

ގިނަ ޢަދަދެއްގެ ވެހިކަލް ރާއްޖެ ގެނެސްފައިވަނީ، ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސްކޮށް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

98

ގެމަނަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އަނެއްކާވެސް އިތުރުކުރަނީ

ކެލާގެ މަގުތައް ތަރައްޤީކުރަން ފަށައިފި، 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ