ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ޖޫން މަހު ހޮވާނެ

TTH_Ads
STO_Ads
Advertisement

ދިރާގުގެ ‘ވިން 2 ސްޕީޑްބޯޓްސް’ ޕްރޮމޯޝަންގެ ދެވަނަ އަދި އެންމެ ފަހު ނަސީބުވެރިޔާ ޖޫން މަހުގެ ތެރޭގައި ހޮވާނެކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

ދިރާގުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ‘އަލް ޝާލީ މެރިން ކެނެރީ 28’ މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް ލިބޭނެއެވެ. އެއީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ، ކަނޑުމަތީގެ އެކި ބޭނުންތަކަށް އެކަށީގެންވާ އުޅަނދެކެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ހޮވައި، މިހާރު ވަނީ ލޯންޗު ހަވާލުކޮށްފައެވެ.

ދިރާގުން ބުނީ އެއީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ. ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތައް ވެސް ދެވަނަ ގުރުއަތުލުމުގައި ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އެންމެ ފަހު ސްޕީޑްބޯޓު ހާސިލުކުރުމުގެ ފުރުސަތު ދެމެހެއްޓުމަށް، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް ހިދުމަތްތައް މެދުނުކެނޑި ބޭނުންކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

HajjCop_ads
Advertisement

ދެވަނަ ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ފުރުސަތުތަކެއް ފަހިކޮށްދިނުމާއެކު، މުޅި ރާއްޖެ ޑިޖިޓަލް ވަސީލަތްތަކުން ގުޅުވާލައި، ދިވެހިންގެ ދިރިއުޅުމަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދިނުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dhiraagu

ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް

dhiraagu

ދިރާގުގެ ހިއްސާއަކަށް 8.70ރ ބަހަން ފާސްކޮށްފި

ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފި

ދިރާގު “ގުޑި ފެސްޓު” މިއަދު ހަވީރު ހުޅުމާލޭގައި