ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްއިން ލޯނު ނެގޭ އުމުރު 75 އަހަރާ ހަމައަށް މަތިކޮށްފި

bml
ބީއެމްއެލް ހެޑް އޮފީސް —
STO_Ads
TTH_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްއިން) ލޯނު ނެގޭނެ އުމުރު 75 އަހަރާ ހަމައަށް މަތިކޮށް ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް ކުޑަ އަގުގައި ލޯނު ނެގޭނެ ގޮތަށް ހަދައިފި އެވެ.

ބޭންކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އުމުރުން 60 އަހަރު ފުރުމާ ހަމައަށް ލޯނު ލިބޭ ގޮތަށް މިހާރު އޮތް އޮތުން 75 އަހަރާ ހަމައަށް މަތިކުރުމަށް ބޭންކުގެ ބޯޑުން އިއްޔެ ނިންމާފައިވާކަމަށެވެ.

“އެހެންވީމަ ވަރަށް ގިނަ ފަރާތްތަކަށް ގެދޮރު ގަތުމާއި އެހެނިހެން ކަންކަމަށް ލޯނު ނެގޭނެ. އަދި މެދު އުމުރުގެ ބޭފުޅުންނަށް ވެސް އިތުރު ފަސޭހައެއް ވެގެންދާނެ. 20 ނުވަތަ 25 އަހަރަށް ދަމާލައިގެން ފަސޭހަކޮށް ލޯނު ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،” ޝަރީފް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރިސޯޓް މުވައްޒަފުންނާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ މީހުންގެ ލޯނު ޑޮލަރުން ދެއްކޭނެ މަގު ފަހިކޮށްދިނުމަށް އެދެމުންދާކަމަށާއި ރިސޯޓް މުވައްޒަފުންގެ އިތުރުން ރާއްޖެއިން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި ތިބެގެން ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށްވެސް އެ ފަރާތްތަކުން ރާއްޖެއިން އެޕާޓްމެންޓެއް ގަތުމަށް ބޭނުންވެއްޖެނަމަ އެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބޭންކުން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އަދި މީގެ އިތުރުން އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރެވިފައިވާ އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ބީއެމްއެލްގެ ސީއީއޯ ޝަރީފް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި

bml

ސަފާރީތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ބީއެމްއެލްއިން ތައާރަފްކޮށްފި

988

ބީއެމްއެލް އެކެޑަމީން އިންސެފް ޔުނިވާސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށްފި

BML card

ބީއެމްއެލްއިން ދެއަހަރާއި ބައިގެތެރޭ، 1.7 ބިލިޔަން ޑޮލަރު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ވިއްކައިފި