ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޖަމީލް އައްޔަން ކުރަން ނިންމައިފި

Ui
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް، މިހާރު އެ ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ނިންމުން ނިންމާފައިވާކަން އެ ކޮމިޝަނުގެ މެންބަރަކު ކަށަވަރުކޮށްދިނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

HajjCop_ads
Advertisement

މި މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއަކީ ކުލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާސް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ފަނޑިޔާރުކަމުގެ ދާއިރާގައި 15 އަހަރުގެ ތަޖުރިބާ އެބަހުއްޓެވެ.

2009 ވަނަ އަހަރު ފަނޑިޔާރުކަމުގެ މަސައްކަތް ފެއްޓެވީ ލ. ދަނބިދޫ ކޯޓުގެ މެޖިސްޓްރޭޓެއްގެ ގޮތުގައެވެ. އެއަށްފަހު 2009 އިން 2019 އަށް ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމު އަދާކުރެއްވިއެވެ.

ސިވިލް ކޯޓުން ވަކިވެވަޑައިގަތުމަށްފަހު ގާނޫނީ ވަކީލެއްގެ ގޮތުގައި 2015 ވަނަ އަހަރު ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް މަސައްކަތްކުރެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

988

ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

88887

ސީލައިފްގެ އައްމަޓީގެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބާއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެ

Big tkaqua9heab6zthfms1rjk8sd

އެފްއޭއެމް ވައްކަމުގައި ހިމެނޭ އަމީން އެވެނިއުގެ 2 އެޕާޓްމަންޓުން މުއާމަލާތެއް ހިންގުން މަނާކޮށް ވަގުތީ އަމުރެއް

Image 870x 6a202796edbc7

ޖޭއެސްސީގެ ނާއިބުރައީސް ކަމަށް ފަނޑިޔާރު ޝަހީދު އައްޔަނުކޮށްފި