ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމުން މޫސާ ފަތުހީ އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޕީސީބީން މިއަދު ސޯޝަލް މީޑިއާގައި އާކުރި ޕޯސްޓެއްގައި ބުނީ، ބޯޑު މެންބަރުކަމުން ވަކިވުމަށް އެދި ފަތުހީ ހުށަހެޅުއްވި އިސްތިއުފާގެ ސިޓީ ގަބޫލުކޮށްފައިވާ ކަމަށެވެ. ފަތުހީއަކީ ޕީސީބީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ގާނޫނީ ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.

މިހާތަނަށް އޭނާ ހުންނެވީ ލޯކަލް ގަވާމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގައެވެ. މިއަދުގެވަގުތެއްގައި ފަތުހީ ވަނީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަންކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ޕީއެންސީގެ އެސްޖީގެ މަގާމަށް ފަތުހީ އައްޔަންކުރީ އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް އިސްތިއުފާދެއްވުމުންނެވެ.

ފަތުހީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ޕީސީބީގައި ތިއްބެވީ ހަ މެންބަރުންނެވެ.