ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

raees muiz
STO_Ads
TTH_Ads
Advertisement

ސަރުކާރުގެ އެއްވެސް މަޤާމަކަށް ކުރިއަށް އޮތްތަނުގައި މުވައްޒަފުން ނަގާނީ، ތަޢުލީމާއި ތަޖުރިބާއަށް ބަލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ހިންގުމުގައި ބަދަލުތަކެއް ގެންނަވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރު ހިންގުމުގައި ގެންނަ ބަދަލުތަކަށް އަލިއަޅުވާލައްވާފައެވެ. އެ ބަދަލުތަކުގެ ތެރޭގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުން އެދެނީ ވީހާވެސް ސައިޒުން ކުޑަ ސަރުކާރެއް ހިންގެވުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވަޒީފާތަކަށް ކުރިމަގުގައި މުވައްޒަފުން ނަގާނީ މެރިޓް ބޭސްކޮށް ނުވަތަ ތަޢުލީމާ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.

“ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ.” ރައީސުލްޖުމްހޫރިއްޔާ

MMA_Ads
HajjCop_ads
Advertisement

ސަރުކާރުގެ ސައިޒު ކުޑަކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް މަލީ ވުޒާރައިން ޕީސީބީއަށް މިހާރު އަނގަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަން ކުރާއިރު ކުންފުނިތަކުގެ ހިންގުމަށް ބުރުނާރާ ގޮތަށް މުވައްޒަފުންގެ މަސައްކަތް ވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު އެއްވެސް ކުންފުންޏަކަށް އިއުލާން ކުރުމަކާއި ނުލައި މުވައްޒަފުން ނުނެގުމަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅވުިއެވެ.

ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކަށް މީހުން ނެގުމުގެ އިތުރުން، ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް މަދުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މުވައްޒަފުން ވުޒާރާތަކަށް އައްޔަން ކުރުމުގެ ބާރު އެމަނިކުފާނަށް އޮންނައިރު ކުރިއަށް އޮތްތާނގައި އެވަޒީފާތަކަށް ކޮންމެހެން މީހަކު ނަގާނަމަވެސް ތަޢުލީމަށް ބައްލަވަން ގަސްތުކުރައްވާ ކަމަށެވެ.

“މިސާލަކަށް އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށްވެސް މިސާލަކަށް ސްޓޭޓް މިނިސްޓްރަކަށް މީހަކު ކޮންމެހެން ލާންޖެހިއްޖެއިއްޔާ ލާންޖެހޭ ފަހަރެއްގައި އެމީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ ހާލަތެއްގައި އެމީހެއްގެ އަތުގައި ޑިގްރީއެއް އޮތްތޯ ބެލުން، މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން ވިސްނަވާފައި މިއޮތީ. ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާ ކުރެއްވުމަށް މިހާރު ފިޔަވަޅު އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން 20 ވަޒީރުން އިން 15 ވަޒީރުންނާށް ކެބިނެޓް ކުޑަކުރައްވާފައިވާއިރު، ޚަރަދުތައް ކުޑަ ކުރުމުގެ ތަފާތު ފިޔަވަޅުތައްވެސް ދަނީ އަޅުއްވަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް