ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް

raees press
TTH_Ads
STO_Ads
Advertisement

ގާނޫނުއަސާސީ އިސްލާހުކޮށް ބަދަލުކުރުމަކީ ރައްޔިތުން އެންމެ ރުހޭ ގޮތް ނޫންކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގާނޫނުއަސާސީ އިސްލާހުކޮށްގެން ގެންނަންޖެހޭ ބަދަލުތައް ނުގެންނަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮންމެ ހަފުތާއެއްގެ ހޯމަދުވަހު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސް ނިންމަވާފައިވާ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގާނޫތައް ބަދަލުކޮށްގެން ގެނެވެންހުރި މުހިއްމު ބޮޑެތި އިސްލާހުތައް ގެންނެވުމަށް ކުރައްވާ މަސައްކަތްޕުޅަށް ބަދަލެއް ނާންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށްވެސް ބޮޑެތި އިސްލާހީ ބަދަލުތަކެއް އަންނަންޖެހެއެވެ. އެގޮތުން މަޖިލީހުގެ މެންބަރުން އިތުރުނުވާނެހެން މެންބަރުންގެ އަދަދު ހިފަހެއްޓުމާއި ޖުޑީޝަރީގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށުން ސަލާމަތްކޮށް، އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ޖުޑީޝަލް ކައުންސިލަކަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޖަވާބުދާރީވާ ގޮތަށް ހަމަޖެއްސުމަކީ ގެންނަންޖެހޭ ބަދަލުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

އެއާއެކު، ރައީސް ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއެކު ކުރިއަށްގެންދިޔަ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއިން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނެސް ބަދަލުކުރުމަކީ ރައްޔިތުން ރުހޭ ކަމެއް ނޫންކަން ސާފުކޮށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

“އެހެންނަމަވެސް އަޅުގަނޑު ހިތުން ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން މިވަނީ ވަރަށް ބޮޑު މެސެޖެއް ދެއްވާފައި. އެއީ ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ނުވަތަ ފޭވާކުރާ ކަމެއް ނޫންކަން. އެހެންވީމާ ގާނޫނުއަސާަސީ ބަދަލުކޮށްގެން ގެންނަންޖެހޭ އިސްލާހެއް ކުރިއަށް އޮތް ތާނގައި ގެންނާކަށް އަޅުގަނޑުމެން ގަސްތެއްނުކުރަން،” ރައީސް

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ އުމުރު ފެށޭނެ ތާރީހަކީ ޑިސެންބަރު 1، 2028 ގެ ގޮތުގައި ކަނޑައެޅުމަށް ގެނެވުނު އިސްލާހެކެވެ. އެ އިސްލާހު ތަސްދީގުކުރަން ރައްޔިތުންނަށް ފެނޭތޯ ބެލުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ރައްޔިތުންގެ 69 އިންސައްތަ ރައްޔިތުން ވޯޓުލީ އެ އިސްލާހު ތަސްދީގުކުރަން ނުފެންނަ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެންނަވައި އިންތިހާބުގައި ރައްޔިތުން ދެއްވި މެސެޖު ގަބޫލުކުރައްވައި އެގޮތަށް އަމަލުކުރައްވަމުންދާނެ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފި

raees Muiz

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

raees muiz

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

muiz

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް: ރައީސް