ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީހެއްގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

Large 161337206156merw
ފުލުހުންގެ މައި އިދާރާ، ޝަހީދު އާދަމް ބިލްޑިން — ފޮޓޯ: ސަން
STO_Ads
TTH_Ads
Advertisement

މީހެއްގެ ކަރަަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނުއެއްޗަކުން ކަރަށް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެމީހާ އަށް ހަމަލާދީފައިވަނީ މާލެ، ކަރަންކާ މަގުގައި ހުއްޓައެވެ. އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. މި ހަމަލާގައި އެ މީހާގެ ކަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

HajjCop_ads
Advertisement

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެޕްރީލް 18 ވަނަ ދުވަހުގެ ރޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ (28އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ސިނގިރޭޓްތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދިގު މުއްދަތަކަށް ދެމީހުން ޖަލަށް

ފެރިދޫއަށް މަސްތުވާތެކެތި އެތެރެކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ