ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ކުނި އުކައިދޭ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

8u
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ޚިލާފަށް ކުނި ނަގައި އުކައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު އިއްޔެ ހެނދުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ އެމްޑީ ހަބީބު އުލާހު އާއި 39 އަހަރުގެ އެމްޑީ މޮރިންއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 08:45 ހާއިރުއެވެ. މި މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރަމުންދިޔަ ޕިކަޕަކާ އެކީގައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު އެމްޑީ މޮރިންއަކީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ މީހެކެވެ. އަދި އެމްޑީ ހަބީބަކީ “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތްކުރުމަށް ވިސާ ދޫކޮށްފައިވާ މީހެކެވެ. މި ދެ މީހުން ވަނީ ރާއްޖޭގެ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކޮށްފައެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި ޝާމިލުވާ ދެ ބިދޭސީންނާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި، އެ މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ދޫކޮށްފައިވާ ވިސާގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އިތުރުން އެހެނިހެން މަސައްކަތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bidaysee workers

ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

police

މާލެ ބޭރުން ލޯންޗެއްގައި ޖެހި ފިލި ދޯނި ހޯދައި ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަޑުނުކޮށް ދިޔަ ދޯނި ހޯދައި، ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި