ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް އެމްޑީޕިއަށް

TTH_Ads
STO_Ads
Advertisement

އައްޑޫ ސިޓީ ކައުންސިލުގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލުގެ ނަތީޖާ ދެއްކި ގޮތުން 11 ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަނީ ކަށަވަރުވެފައެވެ.

އެމްޑީޕީއަށް އެންމެ ފަހުން ކަށަވަރުވެފައިވަނީ އައްޑޫ ހިތަދޫ މޫލެކެޑެ ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ނަޒީރެވެ. އޭނާއަށް 591 ވޯޓު ލިބުނު އިރު، ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދަށް ލިބުނީ 582 ވޯޓެވެ.

HajjCop_ads
MMA_Ads
Advertisement

އެމްޑީޕީން ވަނީ ފަސް ސިޓީން ވެސް ބޮޑު ކާމިޔާބެއް ހޯދައިފައެވެ. މިހާރު ވެސް މާލެ ސިޓީ ފިޔަވައި، ސިޓީ ކައުންސިލުތަކުގެ މެޖޯރިޓީގައި އޮތީ އެމްޑީޕީއެވެ. ނަމަވެސް މިހާރު ވެސް ފަސް ސިޓީގެ މޭޔަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ މެންބަރުންނެވެ.

މިހާރު ވެސް މޭޔަރުންގެ ގޮތުގައި ތިއްބެވި އެ ފަސް މޭޔަރުން ވަނީ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފައެވެ. އެއީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއެވެ.

އައްޑޫ ސިޓީ ކައުންސިލުން އެމްޑީޕީން ފުރިހަމަ މެޖޯރިޓީ ހޯދި އިރު، ދެން ހިމެނޭ ހަތަރު ސިޓީން ވެސް އެމްޑީޕީއަށް ގެއްލިފައިވަނީ އެންމެ ގޮނޑިއެކެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މާލެ ސިޓީން ވިލިމާލެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ވިލިމާލޭގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ސަމާހެވެ.

ފުވައްމުލަކުން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރި އިރު، އެ ގޮނޑި ވެސް ޕީއެންސީއަށް ވަނީ ގެއްލިފައެވެ. އެމްޑީޕީން ވާދަކޮށްފައިނުވާ ދަޑިމަގު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. އޭނާ އާއި ޕީއެންސީގެ ކެންޑިޑޭޓު އާއިޝަތު އަބްދުލް ގާދިރު އޮތީ ވަރަށް ގާތުގައެވެ.

ކުޅުދުއްފުށިން ވެސް އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ މިހާރުގެ ވެސް މެންބަރު، ޕީއެންސީގެ އިބްރާހިމް އަހުމަދެވެ. އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބުކުރީ ބޮޑު ފަރަގަކުންނެވެ.

ތިނަދޫ ސިޓީން ވެސް އެމްޑީޕީއަށް ގެއްލުނީ އެންމެ ގޮނޑިއެކެވެ. ކުޑަ ފަރަގަކާއެކު ތިނަދޫ ދެކުނު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓު ސަޚާއުﷲ ޝަމީމެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

43

އައްޑޫ ސިޓީ ބިޒްނަސް ޑައިލޮގުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

43

އުމްރާގެ އަޅުކަމަށް ސީދާ އައްޑޫ ސިޓީން ސައުދީއަށް ދަތުރުތައް ފަށަނީ