ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން، ޢިއްޒުއްދީން ފާލަމާހަމައަށް ތަރައްްީކުރާ ސަރަހައްދުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމަވާނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ބައްލަވާލައްވާފައެވެ. އޭގެފަހުން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ސަރަޙައްދުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ ކުރީގެ ސެގުމަންޓު ނިންމުމަށް 2 މަސް ދުވަސް ހޭދަވިކަން ފާހަގަކުރައްވާ މިހާރު ަރައްޤީކުރަނީ އޭގެ ދެގުނަކަމށާއި، އެ މަސައްކަތް 3 މަސް ދުވަހުގެތެރޭގައި ނިންމުމަށް މަސައްކަތްކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.ހެންވޭރު ޓަރމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން.
ޑރ. ޢަބްދުﷲ މުއްޠަލިބު/ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު
ވަޒީރު ވިދާޅުވީ ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭގޮތަށް ވަށައިގެން ކީވޯލް ޖަހާނެކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.