ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން 20 އިންސައްތަ އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރުމަށް ތާއީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޒުވާނުންނާއެކު ކުރިއަށްގެންދެވި ‘އެސްޕްރެސޯ ވިތު ރައީސް’ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޤައުމުގެ އެންމެ މުހިންމު ނިންމުންތައް ނިންމާ މުއައްސަސާގައި މި ދެ ގިންތީގެ ބައިވެރިވުން އިތުރުކޮށް ބާރުވެރިކުރުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މައުޟޫޢުގައި މިހާރުވެސް މަޝްވަރާތައް ކުރިއަށްދާއިރު، މިކަމާމެދު އާންމު ރައްޔިތުންނާއި ޚާއްސަކޮށް ޒުވާނުން ދެކޭގޮތް އޮޅުންފިލުއްވަން ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގައި އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅު ހިއްސާކުރައްވަމުން ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގެ ޖުމްލަ ގޮނޑީގެ ތެރެއިން 10 އިންސައްތަ އަންހެނުންނަށް އަދި އަނެއް 10 އިންސައްތަ 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުން ކަމަށެވެ. މިހާރު މަޖިލީހުގައި ތިއްބަވާ 93 މެންބަރުންގެ ނިސްބަތުން ބަލާނަމަ އެއީ އަންހެނުންނަށް 9 ގޮނޑި އަދި ޒުވާނުންނަށް 9 ގޮނޑިކަން ރައީސް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށްވުރެ އިތުރުވަމުން ނުދާނެ ގޮތަކަށް ޤާނޫނީ އޮނިގަނޑަށް އިސްލާހީ ބަދަލުތަކެއް ގެންނެވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޮނޑިތައް ޚާއްސަކުރުން ފަދަ ބަދަލުތައް ގެންނަންވާނީ އެންމެ އިންސާފުވެރި އަދި ހަމަހަމަ އުސޫލެއްގެ ތެރެއިންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި