ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ތަސްދީގުކުރައްވައިފި

Raees Muiz
STO_Ads
Maldivian_Ads
TTH_Ads
Advertisement

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީގުކުރައްވައިފިއެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައްވަނީ ކަނޑައަޅާފައެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި، ކާނާއާއި ބޭސް އެތެރެ ކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެއެވެ.

HajjCop_ads
Advertisement

ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި، ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކުރައްވާފައެވެ.

މި ބިލުގައި ޖަނަވާރުތަކާއި މެދު އިޙުމާލުވާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭ ފަދަ ޢަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޖަނަވާރު އެތެރެކޮށް ބޭރުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ.

ޤާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެއެވެ. މިއީ، މިހާރުވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން އޮޅު ކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތައް، ޚާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާ ކަމުގެ ޝަކުވާ ގިނައެވެ.

މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޖަނަވާރު ގެންގުޅުމާއި، ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ބަޔާން ކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަސްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

A Ali
Thiyoh dhuvaa track ah kendineylhi bulhaa najis alhamundhanee. Then ethaa gos dhuvanee meehun. Dhuvaa bootun najis dhanee gethakah. Haveeru vaairah kudakudhin gos najisthah mathee dhuve oshove hadhaane ekudhinnah bulhaa najihun balithah fethurey. Mikamaa medhu mimeehun visnaalaatho? V

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި