ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްކޭމްތަކުގައި ގެއްލުނު 1 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

police
STO_Ads

މިދިޔަ ހަފްތާގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ސްކޭމް ނުވަތަ މަކަރާއި ހީލަތުގެ މައްސަލަތަކުގެ ތެރެއިން އެއްލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މާރިޗު މަހުގެ 15 އިން 21 އަށް ޖުމްލަ 51 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި މުޅި ޖުމްލަ 338,809.30 (ތިންލައްކަ ތިރީސް އަށްހާސް އަށްސަތޭކަ ނުވަ ރުފިޔާ ތިރީސް ލާރި) ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ފުލުހުންގެ މަސައްކަތުން 124,277.00 (އެއްލައްކަ ސައުވީސްހާސް ދުވިސައްތަ ހަތްދިހަ ހަތް ރުފިޔާ) ވަނީ އަނބުރާ ހޯދާފައެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ (އިމްޕާސަނޭޝަން) 10 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 8 މައްސަލައެއްގެ އިތުރުން ސްކޭމާ ގުޅުންހުރި އެހެނިހެން 6 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

Maldivian_Ads

ސްކޭމަރުން އާންމުކޮށް ބޭނުންކުރާ ވަސީލަތްތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޭސްބުކް މާކެޓްޕްލޭސް އަދި އެކި ކަހަލަ ފޯނު ކޯލްތަކާއި ލިންކުތައް ހިމެނެއެވެ.

ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފުލުހުން ވަނީ އާންމުންނަށް މުހިންމު އިލްތިމާސްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި:

  • އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން އެއީ އިތުބާރު ހިފޭ ތަނެއްތޯ business.egov.mv މެދުވެރިކޮށް ކަށަވަރުކުރުން.
  • ފައިސާއަށް އެދި މެސެޖެއް ލިބިއްޖެނަމަ، އެ ފަރާތަކަށް ގުޅައިގެން އެއީ ސައްހަ މެސެޖެއްތޯ ޔަގީންކުރުން.
  • ޑޮލަރު މާރުކުރުމުގައި ހަމައެކަނި ލައިސަންސް އޮތް ތަންތަން ބޭނުންކުރުން.
  • ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާނުކުރުމާއި، އެޕްލިކޭޝަންތަކުގައި ’ޓޫ ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުން.

ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ މައްސަލަ ވީހާވެސް އަވަހަށް ރިޕޯޓުކުރުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

police

ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓް-މޯޓަމް ހަދަނީ

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި

Large 161337206156merw

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ