ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރަަށް ގޯތި ދޫކޮށްލުމުގެ ބަދަލުގައި އާއިލާ މެންބަރުންނަށް ގޯތި ދިނުމުގެ ފުރުސަތު ދިނުމަށް ނިންމަވައިފި

muiz
TTH_Ads
STO_Ads
Advertisement

ސަރުކާރުން ހިންގާ ގޯތި ގެދޮރު ޕްރޮގުރާމުތަކުގެ ތެރެއިން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބުމުން މާލެއިން ލިބިފައި އޮތް ގޯތި ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ ކޮންމެވެސް މެންބަރަކަށް އެ ގޯތި ދިނުމުގެ ފުރުސަތު ދެއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގައި ހިންގި “ބިންވެރިޔާ” ޕްރޮގުރާމުގެ ދަށުން ބިން ލިބުނު މީހުންނަށް ބިން ދޫކުރަނީ އެމީހުންނަށް މާލެއިން ލިބިފައި އޮތް ގޯތި ދޫކޮށްލުމުންނެވެ. އަދި މި ސަރުކާރުން އިއުލާނުކޮށްފައިވާ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ދޫކުރާ ގޯތީގެ ބަދަލުގައި މާލޭގައި 600 އަކަފޫޓަށްވުރެ ކުޑަ ގޯއްޗެއް އޮތް މީހެއްނަމަ އެ ގޯތި ދޫކޮށްލަންޖެހެއެވެ. ފުލެޓު ލިބޭ މީހުންވެސް އަމަލުކުރަން އޮންނަނީ މި އުސޫލެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިން އޮންނަނީ 600 އަކަފޫޓަށްވުރެ ބިންކޮޅެއް އޮވެއްޖެއްޔާ، ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން ބިން ދޫކުރުމުގެ ކުރިން އެ މީހެއްގެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުން ނިންމާފައިވަނީ އެ އުސޫލު ބަދަލުކުރުމަށެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވި ގޮތުގައި ގޯތި ނުވަތަ ފުލެޓު ލިބުނު މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ، ނުވަތަ ދަރިން، އެއްބަނޑު އެއްބަފާ އަހުންނާއި އުހުތުންގެ ތެރެއިން އެމީހާ ބޭނުންވާ މީހަކަށް އެ ގޯތި ދިނުމުގެ ފުރުސަތު ލިބޭ ގޮތަށް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމާފައިވެއެވެ.

މި ސަރުކާރުން ހިންގާ ޕްރޮގުރާމުގެ އިތުރަށް ކުރީ ސަރުކާރުގައި ހިންގާފައިވާ ބިންވެރިޔާ ސްކީމުގެ ތެރެއިން ބިން ދޫކުރަންޖެހިފައިވާ މީހުންނަށްވެސް މި އުސޫލު ހިނގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

“މިދިޔަ ސަރުކާރުން ހިންގައި އަޅުގަނޑުމެން ނިންމައި ފުލެޓު ހަވާލުކުރި ފަރާތްތަކުން ދޫކޮށްލަންޖެހޭ ބިން ދޫކުރުމުގައިވެސް އެޕްލައިކުރާނީ މި މިންގަނޑު. ދޫކޮށްލަންޖެހޭނީ ސަރުކާރަކަށްނޫން އާއިލާ މެންބަރަކަށް ދޫކޮށްލަންޖެހޭނީ،” ރައީސް ވިދާޅުވިއެވެ.

މިހާރު ގެނެވޭ ބަދަލާއެކު ސަރުކާރަށް ދޫކޮށްލަަންޖެހޭނީ ފުލެޓެއް ލިބިފައިވާ މީހުންގެ ތެރެއިން އައު ޕްރޮގުރާމުގެ ދަށުން ފުލެޓަށް ކުރިމަތިލާ މީހުންގެ ތެރެއިން ފުލެޓު ލިބޭ މީހުންނެވެ. އެމީހުންނަށް ކުރިން ލިބިފައި އޮތް ފުލެޓު ސަރުކާރަށް ދޫކޮށްލަންޖެހޭނެއެވެ.

އެގޮތަށް ނިންމެވީ ބިން ދޫކޮށްލަންޖެހޭ މީހުން ތަންތަން ލޯނު ނަގައިގެން ހެދުން ފަދަ އުދަގޫ ގިނަ މައްސަލަތަކެއް ހުރުމުން ބިން ސަރުކާރަށް ނަގައިގެން އެކަމުގެ ސަބަބުން އުފެދޭ ދަތިތައް ރައްޔިތުންނަށް ފޯރުކުރުމުގެ ބަދަލުގައި އެ ގޯތީގެ ވެރިންނަށް އާއިލާ ތެރޭގައި ގޯތި ބޭއްވުމުުގެ ފުރުސަތު ދެއްވަަން ކަމަށް ރައސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޖޮއިންޓްވެގެން ގޯތި ލިބުނު މީހުން އެކުވެގެން އެމީހުންގެ ހުރިހާ ގޯތިތަކެއް އެކީ ދޫކޮށްލާ ގޮތަށް ގޯތި ލިބިފައިވާނަމަ އެ މީހުންގެ ގޯތިތައް ދޫކޮށްލަން ލާޒިމުވާނެ ކަމަށެވެ. ލާޖައްސައިގެން ގޯތި ލިބޭ ކެޓަގަރީން ގޯތި ލިބޭ މީހުންވެސް ގޯތި ދޫކޮށްލަންޖެހޭނީ ސަރުކާރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ނިންމުމާއެކު ސަރުކާރުގެ ބޯހިޔާވަިކަމުގެ ސިޔާސަތަށް ގެންނަ ބަދަލުތައް މިއަދު ނުވަތަ މާދަމާ ސަރުކާރުން އާއްމުކުރާނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees Muiz

ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

raees muiz

އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

muiz

އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް: ރައީސް

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް