ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރޭވި ގޮތަށް ސުކޫކު އަދާކުރެވޭނެ: ރައީސް

muiz
STO_Ads
TTH_Ads
Advertisement

ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއަށް ހީނަރުކަމެއް އައިސްފައިނުވާކަމަަށާއި، މި އަހަރު އަދާކުރަންޖެހޭ ސުކޫކުގެ ޕޭމެންޓު އަށެއް އޭޕްރީލުގައި ކުރިންވެސް އަދާކުރުމަށް ރޭވި ގޮތަށް އަދާކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިހާރު ހިނގަމުންދާ މެދުއިރުމަތީގެ ހަނގުރާމައާއި އެ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރަމުންދާ އަސަރުތަކާއި، އެ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ހާލަތު ކައިރިން ބަލައި ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައްް ކުރަމުންދާ ކަމަށެވެ.

އެގޮތުން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި އިއްޔެ އައު ތެޔޮ ޝިޕްމެންޓެއް ގެނެވިފައިވާއިރު، އަންނަ މަހުވެސް އިތުރު ތެޔޮ ޝިޕްމެންޓުތަކެއް ރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ތެޔޮ ގެނެވި ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓެމުންދާކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ ތެލުގެ އަގަށް ހަނގުރާމައިގެ ސަބަބުން އަންނަމުންދާ އަސަރުތައް ރައްޔިތުންނާ ހަމައަށް ފޯރާ މިންވަރު ވީހާވެސް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި އެ އަސަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އެ ދާއިރާގައި ހަރަަކާތްތެރިވާ އަމިއްލަ ވިޔަފާރިތައްވެސް ބައިވެރިކޮށްގެން ކަމަށް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ޖުމްލަ ރިޒާވް 18 މާޗާ ހަމައަށް އައިއިރުވެސް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވްވެސް ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު ކުރިން ރޭވި ގޮތަށް ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާއާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން އޭޕްރީލު މަހުގެ އަށްވަނަ ދުވަހު ސުކޫކުގެ ޕޭމެންޓު ހަދައި ނިންމައިލެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް