ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ އޮފީސްތައް ހޯމަ ދުވަހު ހުޅުވޭނެ

civil service office
TTH_Ads
STO_Ads
Advertisement

ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އާންމުކޮށް ޢީދު ބަންދަށްފަހު އިތުރު ދުވަސްތަކެއް ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާނަމަ ނުވަތަ ކަނޑަނާޅާނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން އަންގަވާނެއެވެ. އެގޮތުން މިއަހަރުގެ ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު މި މަހުގެ 23 ވަނަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

ސަރުކާރު އޮފީސްތައް ހުޅުވުނު ނަމަވެސް ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށްވަނީ ކަނޑައަޅުއްވާފައެވެ. މިއީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ހަމަޖައްސަވާފައިވާ ގަޑިތަކެކެވެ.

HajjCop_ads
Advertisement

ރަމަޟާން މަހުވެސް ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިތަކުގެ ގޮތުގައި ކަނޑައަޅާފައިއޮތީ މި ގަޑިތަކެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކޮންމެ ރަމަޟާން މަހެއްގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ މިނިމުނު ރަމަޟާން މަހުގެ ފަހު 10ން ފެށިގެން ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މި ނިންމެވުމަކީ ފަހު 10ގައި އަޅުކަމަށްދޭ ވަގުތު އިތުރުކުރުމުގެ ފުރުސަތު ދިނުމެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލަނީ

459309 0bfc2a5c e

އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

459258 24c84779 5

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ކަމަށް ޝިޔާމް އައްޔަންކުރައްވައިފި