މި ރަމަޟާން މަހު ޢުމްރާއަށް ދިޔަ ދިވެއްސަކު މައްކާގައި މިރޭ ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިރޭ ނިޔާވީ ގދ. ނަޑެއްލާއަށް ނިސްބަތްވާ ޢަލީ އިބްރާހީމްދީދީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ޢަލީގެ ޖަނާޒާ މިރޭ ފަތިސް ނަމާދު ފަހުން ޙަރަމްފުޅުގައި އޮންނާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާ އަކީ ޙިޖާޒު ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ ފަރާތެކެވެ.

މީގެކުރިން ވަނީ އުމްރާއަށް ގޮސް އުޅުނު ބައެއް ދިވެހީން ނިޔާވެފައެވެ.