ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

male city
TTH_Ads
STO_Ads
Advertisement

ވޭތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު ރާއްޖޭގެ ވައި ސާފުވަމުން އަންނަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ވައިގެ ސާފުމިން ބަލާ “އައިކިއު އެއާ” އިން ދައްކާ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ ވަރަކަށެވެ. އެގޮތުން ރާއްޖޭގެ އިތުރުގެ ވައިގެ ސާފުކަން ހުރީ 60 ގައެވެ. އަދި މާލެ ސަރަހައްދުގައި ވައިގެ ސާފުކަން 55 ގައި ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 33 ގައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ވައިގެ ސާފުކަން ކުރިއަށް އަޮތް ދުވަސްތަކުގައި ރަނގަޅުވަމުން އަންނަކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު، ވައި ސާފުވާނެކަމަށް ދައްކާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް، ވަނީ ނުސާފުވެފައެވެ. އެހެންވުމުން އެޗްޕީއޭއިން އޭރު ވަނީ، ބޭރަށް ނިކުންނައިރު، ސަލާމަތީ ފިވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ވައި ސާފުވެފައިވާއިރު، ރާއްޖޭގެ މޫސުން ވެސް ރަނގަޅުވެފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މިގޮތުން، ވައި ޖެހޭނީ ތިން މޭލާއި 13 މޭލާއި ދެމެދުގައި ކަމަށާއި، ކަނޑުތައް ވެސް މަޑުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުން މިދުވަސްވަރު ރަނގަޅު ނަމަވެސް، މިދުވަސްވަރަކީ އަހަރުގެ ހޫނުގަދަ ދުވަސްވަރެކެވެ. މިގޮތުން، ރާއްޖޭގެ އުތުރުން ހަނިމާދޫ، އަދި ދެކުނުން ކާޑެއްދޫގައި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 35.7 ގައެވެ. އަދި މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން 34.9 ގައި ހުރިއިރު، ކައްދޫގެ ހޫނުމިން ހުރީ 34.5 އަދި ގަމުގައި 33.8 ގައި މިއަދުގެ ހޫނުމިން ހުރިކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ރީނދޫ ސަމާލު

Moosun

ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ- މެޓް

moosun

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ: މެޓް

moosun raining

މެދުރާއްޖެތެރެއާއި އުތުރަށް މޫސުން ގޯސް: މެޓް އޮފީސް