ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރާގު “ގުޑި ފެސްޓު” މިއަދު ހަވީރު ހުޅުމާލޭގައި

TTH_Ads
STO_Ads

ދިރާގުގެ “ގުޑި ފެސްޓް” މިއަދު ހަވީރު ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.

ދިރާގުން މިއަދު ބުނީ މި ހަރަކާތް އޮންނާނީ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗުގައި، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި ކަމަށެވެ.

ދިރާގުގެ ފުރަތަމަ ގުޑި ފެސްޓު ވަނީ މިދިޔަ ހުކުރު ދުވަހު މާލޭ އުސްފަސްގަނޑުގައި ބާއްވައިފައެވެ.

Maldivian_Ads

ދިރާގުން ބުނި ގޮތުގައި މި ހަރަކާތް ވެގެންގޮސްފައިވަނީ އާންމުންގެ ގިނަ ބަޔަކު ބައިވެރިވި، ހޫނު ތަރުހީބެއް ލިބުނު ހަރަކާތަކަށް ކަމަށެވެ. އެގޮތުން ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭ ގޮތައް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށްވެސް ދިރާގުގެ ފަރާތުން ގުޑިއެއް ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ގުޑިފެސްޓްއަކީ ރޯދަ މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު ދިރާގުން ފެށި ހަރަކާތެކެވެ.

ދިރާގުން ބުނި ގޮތުގައި މި އަހަރުވެސް މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައު އެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިރާގުން ދޭ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ޖޫން މަހު ހޮވާނެ

ދިރާގު މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފި

ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް

ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އާއި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި