ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުލިގަމު ޔޮޓް މެރީނާ ތަރައްޤީކުރަން ހުޅުވާލައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ހއ. އުލިގަމުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމްޕީއެލްއިން ހުޅުވާލައިފިއެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ.

ހއ. އުލިގަމަކީ ގިނަ ޢަދަދެއްގެ ޔޮޓްތައް ބަނދަރުކުރާ ރަށެކެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. ނަމަވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެރަށަށް ފައިބާ ފަތުރުވެރިންނަށް ޚިދުމަތްދޭނެ ތަންތަން ރަށުގައި ޤާއިމްވެފައި ނެތުމެވެ.

HajjCop_ads
Advertisement

އެމްޕީއެލްއިން ވިދާޅުވީ އުލިގަމު ޔޮޓް މެރީނާ ޑިޒައިންކުރުމާއި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަަށާއި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ. އެ މަސައްކަތަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

އުލިގަމުގައި ތަރަށްޤީކުރާ ޔޮޓް މެރީނާ ތަރައްޤީކުރުމަށް ވަކި ހާއްސަ ސަރަހައްދެއްވަނީ ކަނޑައަޅާފައެވެ. އަދި މޫދުގައި އަޅާ ފްލޯޓިން ޕްލެޓް ފޯމް 3 މީޓަރު ފުޅާވާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިސަރަހައްދަށް ކައިރިކުރެވޭނީ 12 މީޓަރާއި 15 މީޓަރުގެ ދިގު އުޅަނދުފަހަރަށްކަމަށްވެސް އެމްޕިއެލްއިން ވަނީ ވިދާޅުވެފައެވެ.

ހއ. އުލިގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުލިގަމުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޔޮޓް މެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ، އަދި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

އޭޓީއެމް ފެއާ މާދަމާ ފަށަނީ

Images (16)

ރާއްޖެއާއި ބަލްގޭރިއާގެ ޝެޑިއުލް ދަތުރުތައް ނޮވެމްބަރުގައި ފަށަނީ

mira

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރވުމަށް ޚާއްޞަ ޕޯޓަލެއް