ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިބަރ ސޭފްޓީ ސެޝަނެއް ރެހެންދި ސުކޫލު މުދައްރިސުންނަށް ކުރިއަށް ގެންގޮސްފި

TTH_Ads
STO_Ads
Advertisement

ޑިޖިޓަލް ޕޭރެންޓންގއާއި ސައިބަރ ސޭފްޓީ ސެޝަނެއް ރެހެންދި ސުކޫލު މުދައްރިސުންނަށް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ މުޖުތަމައުގައި ހިނގާ ކުށްތަކުން ރައްކާތެރިކުރުމަށް ސުކޫލުތަކުގެ މުދައްރިސުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި މާރިޗު މަހުގެ 3 ވަނަ ދުވަހު އެ ސުކޫލުގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ސައިބަރ ކްރައިމް ސެންޓަރާއި ހުޅުމާލެ ފޭސް 1 ގެ ނެއިބަހުޑް ސަޕޯޓް ޔުނިޓު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި އެކި އެޕްލިކޭޝަންތައް ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތާއި އެޕްލިކޭޝަންތައް އަޕްޑޭޓްކުރުމަށާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި ކާކުކަން ނޭނގޭ މީހުންނަށް ތިމާގެ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި އޮންލައިން ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ވެސް ކިޔަދީފައިވެއެވެ.

HajjCop_ads
Advertisement

އަދި ދަރިވަރުން ސުކޫލުގައި ހޭދަކުރާ ވަގުތުތަކުގައި ދަރިވަރުންގެ ހަރަކާތްތައް ރަނގަޅަށް މޮނީޓަރކުރުމަށާއި ގަނާކުރުމުގެ ޝިކާރައަށްވެ ނުވަތަ ނަފުސާނީގޮތުން ބަލި ދަރިވަރުން ދެނެގަނެ އެފަދަ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. ހަމައެހެންމެ މުދައްރިސުންނަކީ ވެސް ބެލެނިވެރިއެއްގެ ދައުރުއަދާކުރާ ބަޔަކަށް ވުމާއެކު، ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށާއި ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ސުކޫލުގައި ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް އަދި އެފަދަ ކަންކަން ހައްލުކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މި ސެޝަނުގައި ރެހެންދި ސުކޫލުގެ 240 މުދައްރިސުން ބައިވެރިވިއެވެ.

މުޖުތަމައުގައި ހުރި މިފަދަ މައްސަލަތަކުގެ ހާލަތު ދަނެގަނެ، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމަށް އަހުލުވެރިކުރުވައި، ސުކޫލާއި ގޭތެރޭގައި ދުޅަހެޔޮ ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް މައުލޫމާތު ދިނުމުގެ މިފަދަ އެކި ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

laamu gamu

ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ

ކޮމިޝަނަރ އޮފް ޕޮލިސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި

ބަނގުރާ ވިއްކި އިންޑިއާ ރައްޔިތުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި