ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް

TTH_Ads
STO_Ads
Advertisement

މޮބައިލް ވޯލްޑް ކޮންގްރެސްގައި ދިރާގަށް އޫކްލާގެ 3 އެވޯޑެއް ލިބިއްޖެއެވެ.

މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.

ދިރާގަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ ‘ފާސްޓެސްޓް 5ޖީ ނެޓްވޯކް’، ‘ބެސްޓް 5ޖީ ނެޓްވޯކް’ އަދި ‘ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް’ އެވޯޑު Q1-Q2 2025 ވަނީ ލިބިފައެވެ.

HajjCop_ads
Advertisement

ދިރާގުން ބުނީ މި ކާމިޔާބީން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ. މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73% އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފައިކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ ‘މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވޯކް’ ވިދިވިދިގެން ތިން އަހަރު ހޯދައި އަދި ‘ފާސްޓަސްޓް 5ޖީ ނެޓްވޯކް’ ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފައެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Big qKRQqayyDMU9OVpNe0mqEgvuG

40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ދިރާގާ ދުރަށް

dhiraagu

ދެވަނަ ކުއާޓަރުގައި ދިރާގަށް 734 މިލިއަން ރުފިޔާ

ދިރާގު 2ވަނަ ސްޕީޑް ބޯޓުގެ ނަސީބުވެރިޔާ ހޮވައިފި