ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެކަންކުރާވަރަށް ފައިސާ އެބަހުރި: ރައީސް

muiz
STO_Ads
TTH_Ads

ސުކޫކަށް ދައްކަންޖެހޭ ފައިސާ މިވަގުތު ދައްކަން ޖެހުނަސް އެކަންކުރާވަރަށް ސަރުކާރުގައި ފައިސާ އެބަހުރިކަމަށާ، 500 މިލިޔަން ޑޮލަރުގެ ސުކޫކު 8 އެޕްރީލް 2026ގައި ދައްކަން ސަރުކާރުން ވާނީ މިހާރު ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަފުޅުދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ސުކޫކު ދެއްކުމަށްޓަކައި ސުކޫކު ދެއްކުމަށްޓަކައި 650 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ ރައްކާކޮށްފައި އެބަހުރިކަމަށެވެ. އަދި ރާއްޖޭގެ ގްރޮސް ރިޒާވްގައި 1.27 ބިލިޔަން އެމެރިކާ ޑޮލަރު އެބަހުރި، މިއީ ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ގްރޮސް ރިޒާވް މައްޗަށް ނުދާ މިންވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

Maldivian_Ads

“ރޭގެ ނިޔަލަށް އެސްޑީއެފްގައި 320 މިލިޔަން ޑޮލަރަށްވުރެ ގިނައިން އެބަހުރި ރައްކާކޮށްފައި، ޔޫސަބަލް ރިޒާވުގަ 330 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި، އެހެންވީމަ ޖުމްލަ 650 މިލިޔަން ޑޮލަރަށްވުރެ ގިނަ ފައިސާ އެބަހުރި ރައްކާކޮށްފައި،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަހަރަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ދަރަނި ދެއްކުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ.

“ވަރަށް ކާމިޔާބު މުޢާމަލާތްތައް ކުރިއަށްދޭ، ނެގޯސިއޭޝަންސް ކޮންކުލޫޑުވާ ހިސާބަށް ގޮސްފައިވަނީ، ދަރަނި ދެއްކުމަށް އެއްވެސް ކަންބޮޑުވުމެއް ނެތް، އިޤްޞިދު މެނޭޖްކުރަމުން މި ދަނީ ބޭރަށް ދައްކަން ޖެހޭ ދަރަނި އާއި އެތެރޭގެ ދަރަނި ދެއްކޭގޮތަށް،” ރައީސް ވިދާޅުވިއެވެ.

ސުކޫކަށް ފައިސާ ދެއްކުމުގެ ތަވާލާއި އެއްގޮތަށް މިހާތަނަށްވެސް ސަރުކަރުން ދަނީ ފައިސާ ދައްކަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް