ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި ދައްޗެއް ނެތް: ރައީސް

raees muiz
STO_Ads
TTH_Ads
Advertisement

ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ދެނެގަނެ އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ ޚާއްޞަ ކޮމެޓީއެއް އެކުލަވާލައްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮމެޓީން ކަމާއި ގުޅުންހުރި ހުރިހައި ދާއިރާއަކުން ކަންކަން ބަލަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި އަދި ކިޔަވާ ކުދިންގެ ހާލުވެސް ބަލަމުންދާ ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

ރައީސް ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށެވެ. އަދި މިވަގުތު ތެލާއި ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“ތެލަށް އިރާދަކުރެއްވިއްޔާ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑުމެންނަކަށް ދިމަލެއްނުވޭ. އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް.” ރައީސް

ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް މީގެ އަސަރު ކުރާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެގޮތުން މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އެއަރލައިންތަކާއި އެޖެންޓުންނާއި ވާހަކަ ދައްކައި މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖެއިން ނުފުރި ތިބި ފަތުރުވެރިންނަށްވެސް އަލްޓަނޭޓިވް ފްލައިޓްތައް ހޯދައި، ރާއްޖެއިން ފުރޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް