ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ކަނޑުއޮޅިން ދަތުރު ނުކުރަން އަންގައިފި

STO_Ads

ތިލަމާލެ ބްރިޖް މަޝްރޫއާ ގުޅިގެން މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅި ބަންދުކޮށްފައިވާތީ އެ ސަރަހައްދުން ދަތުރު ނުކުރަން އަނެއްކާވެސް އަންގައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ މާލެ ތިލަފުށީ ލިންކު މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މި ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް ދާއިރު މި ތިން ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަށްނުވާތީ މި ކަނޑުއޮޅި ބަންދު ކޮށްފައިވާކަން 2024 ވަނަ އަހަރުގެ މާރިޗްގައި އެ ވުޒާރާއިން އާންމުކޮށް އަންގާ އިއުލާން ކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Maldivian_Ads

“މި 3 ކަނޑުއޮޅި (މާލެ-ވިލިމާލެ، ވިލިމާލެ-ގުޅީފަޅު އަދި ގުޅިފަޅު-ތިލަފުށި) ބަންދުކޮށްފައިވާތީ، މި ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ،”. އެ އިއުލާންގައި ވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Thilamale buridge

ތިލަމާލެ ބްރިޖްގެ %60 މަސައްކަތް ނިމިއްޖެ