ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަމާލެ ބްރިޖު ފަރުމާކޮށްފައިވަނީ 120 އަހަރު ބޭނުންކުރެވޭގޮތަށް: އެފްކޮންސް

Ew
STO_Ads
Maldivian_Ads
TTH_Ads
Advertisement

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ ތިލަމާލެ ބްރިޖު ފަރުމާކޮށްފައިވަނީ ސަތޭކަ ވިއްސި އަހަރުގެ ދިގު މުއްދަތަކަށް ދެމިހުންނާނެ ފަދަ ވަރުގަދަ މިންގަނޑުތަކަށް ކަމަށާއި، ބްރިޖުގެ މަރާމާތުގެ މަސައްކަތް ކުރަންޖެހޭނީ ކޮންމެ ވިހި އަހަރަކުން އެއްފަހަރު ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްރޮޖެކްޓް ހެޑް އެސް. އެމް. ވިޝްވަމުރްތީ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ބްރިޖުގެ ދިގު އުމުރާއި މަރާމާތުގެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިޝްވަމުރްތީ ވިދާޅުވީ، ބްރިޖުގެ މައި އޮނިގަނޑު ބިނާކުރަނީ ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ މެޓީރިއަލްސް ބޭނުންކޮށްގެން ކަމަށެވެ. އެހެންކަމުން ބްރިޖުގެ މައި އޮނިގަނޑަށް ބޮޑު މަރާމާތެއް ބޭނުންނުވި ނަމަވެސް، ބްރިޖު ބޭނުންކުރެވޭ ވަރަކަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންމެ ވިހި އަހަރަކުން އެއްފަހަރު މަރާމާތުކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާހައުލަށް އަލިއަޅުއްވާލައްވަމުން ވިޝްވަމުރްތީ ވިދާޅުވީ، ބްރިޖު ޑިޒައިންކޮށްފައިވަނީ ގަދަ ވައިގެ އަސަރާއި ކަނޑުގެ ލޮނުގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އެގޮތުން ސަތޭކަ ވިއްސި އަހަރުގެ ދިގު މުއްދަތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ވައިގެ އެންމެ ބާރުމިނާއި ރައްކާތެރިކަމުގެ އިތުރު މިންގަނޑުތައް ވަނީ ޑިޒައިންގައި ހިމަނާފައެވެ. އަދި ލޮނުގެ އަސަރުން ދަބަރު ޖެހުމުން ރައްކާތެރިވުމަށްޓަކައި، ބްރިޖުގެ ރެއިލިން ސިސްޓަމްގައި ބޭނުންކުރަނީ ހާއްސަ ސްޓެއިންލެސް ސްޓީލް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން މި މަޝްރޫއުގެ ޑިޒައިން ވަނީ ބައިނަލްއަގްވާމީ ފެންވަރުގެ މަޝްހޫރު އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ އަރޫޕް ހިމެނޭހެން، މިނިވަން އިދާރާތަކުން ޗެކްކޮށް ކަށަވަރުކޮށްފައެވެ. އަދި ބޭނުންކުރާ ކޮންކްރީޓާއި ދަގަނޑުގެ ކޮލިޓީ ގަވާއިދުން ޓެސްޓުކޮށް ބަލަމުންދާ ކަމުގެ ޔަގީންކަން ވެސް އެފްކޮންސްއިން ދެއެވެ.

މަޝްރޫއުގެ މިހާރުގެ ކުރިއެރުމަށް ބަލާއިރު، މުޅި ޕްރޮޖެކްޓުގެ ހަތްދިހަ ހަތެއް ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ބްރިޖުގެ މައި އޮނިގަނޑުގެ ނުވަދިހަ ޕަސެންޓް މަސައްކަތްވެސް ވަނީ ފުރިހަމަކޮށްފައެވެ.

އަންނަ އަހަރުގެ ނިޔަލަށް މުޅި ބްރިޖުގެ ހުރިހާ މަސައްކަތެއް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އަމާޒު ހިފާފައިވާއިރު، ވިޝްވަމުރްތީ ވިދާޅުވީ ދަތުރުފަތުރަށް ބްރިޖު ހުޅުވާލާނީ ފުރިހަމަކުރަންޖެހޭ ހުރިހާ ޓެސްޓުތަކެއް ފުރިހަމަކޮށް، ސަލާމަތީގޮތުން އެންމެ މަތީ ދަރަޖައިގެ ޔަގީންކަން ލިބުމުން ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖް މަސައްކަތް އެއްކޮށް ނިންމާލުން : ރައީސް

Ew

ތިލަމާލެ ބުރިޖު މަޝްރޫއުގެ ސްޕީޑާމެދު އިންޑިއާއިންވެސް ހިތްހަމަނުޖެހޭ ކަމަށް ސަފީރު ވިދާޅުވެއްޖެ

43

ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު މުއްތަލިބު ދޮގުކުރައްވައިފި

މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ކަނޑުއޮޅިން ދަތުރު ނުކުރަން އަންގައިފި