ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

98
STO_Ads

ކޮމިޝަނަރު އިސްމާޢީލް ނަވީން ދިވެހި ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތާއި އެ މުއައްސަސާއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެކަމުގެ ޝަރަފުގައި ރަސްމީ ޖަލްސާއެއް ބާއްވައިފިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް އޮފިސަރުންނާއި، އެކި ރޭންކުތަކުގެ ފުލުހުންނާއި މަދަނީ މުވައްޒަފުން ވަނީ ބައިވެރިވިވެވަޑައިގެންފައެވެ.

Maldivian_Ads

އަދި ރަސްމިއްޔާތުގައި ވަނީ ކޮމިޝަނަރު ނަވީންގެ ދިގު ޚިދުމަތުގެ ދައުރުގައި އޭނާ ދައްކާފައިވާ ހަރުދަނާ ލީޑާޝިޕާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެވަޑައިގެންފައިވާ ގުރުބާނީތަކުގެ ހަނދާންތައް އާކޮށްފައެވެ.

އަދި ފުލުހުންގެ އިދާރާއިން ވަނީ، ނަވީން އެ ޚިދުމަތުން ވަކިވެވަޑައިގެން ދިރިއުޅުމުގެ އާ މަރުހަލާއެއް ފަށްޓަވާއިރު، އެ މަނިކުފާނު ކޮށްދެއްވި އިޚްލާސްތެރި ޚިދުމަތްތަކަށް ޝުކުރު ދަންނަވައި އުފާވެރި ބާއްޖަވެރި މުސްތަގުބަލަކަށް އެދިފައެވެ.

ނަވީންއަކީ މި ސަރުކާރުގެ ދެވަނަ ޕޮލިސް ކޮމިޝަނަރެވެ. ތިރީސް ދެ އަހަރުގެ ޚިދުމަތަށްފަހު އޭނާ ރިޓަޔާކުރެއްވީ މި މަހުގެ 18 ވީ ނިމުނު ހަފުތާގެ ބުދަ ދުވަހުގައެވެ. ނިމިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނަވީން ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ.

އިތުރަށް ވިދާޅުވުމަށްފާހަގަކޮށްލެވޭ ގޮތުގައި އަވަސް އަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވުމަކީ އެ މުއައްސަސާއަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ފުލުހުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ކުރީގެ ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މިފަހުން ވިދާޅުވެފައެވެ.

ނަވީން، ރިޓަޔާކުރެއްވުމާ ގުޅިގެން، އެ މުއައްސަސާ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ވަނީ ހަވާލުކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 04 12 at 18.36.54

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަނިކް ސޭޓްގެ އެޕާޓްމަންޓުން!

4 މިލިޔަން ރުފިޔާގެ ވައްކަމުގެ މައްސަލައިގައި 5 މީހަކަށް ދައުވާކުރަނީ

ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުންގެ ވަފުދެއް އެ ރަށު ކައުންސިލާ ބައްދަލުކޮށްފި

988

ގެސްޓްހައުސްއަކަށް ބުކިން ހެދުމަށް ފޭކް ސްލިޕެއް ފޮނުވުމަށްފަހު އޮޅުވާލައިގެން ފައިސާ ހޯދަން އުޅުނު މީހަކު ހައްޔަރުކޮށްފި