ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނަސް، އެސްޓީއޯއިން ރައްޔިތުންގެ އަތްފޯރާ އަގުގައި އޮރެންޖު ލިބޭ!

78
STO_Ads
TTH_Ads
Advertisement

މާރުކޭޓްގެ ބައެއް ގޮޅިތަކުގައި އޮރެންޖުގެ އަގު ބޮޑުވެފައިވިޔަސް، އެސްޓީއޯ އިން ރައްޔިތުންގެ އަތްފޯރާފަށުގައި އޮރެންޖު ގަންނަން ލިބެން އެބަހުއްޓެވެ.

އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40 ރުފިޔާގެ ރޭޓުން މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއާއެކު އެއް އޮރެންޖެއްގެ އަގު ޖެހޭނީ 5.7 ރުފިޔާ އާއި 6.7 ރުފިޔާ އާ ދެމެދުގެ އަދަދަކަށެވެ.

ބާޒާރުގައި އޮރެންޖުގެ އަގުތައް ބޮޑުވީ ބައެއް ޝިޕްމަންޓްތައް ރާއްޖެ އައުން ލަސްވުމުންނެވެ. ނަމަވެސް އޭގެތެރެއިން ބައެއް ޝިޕްމަންޓްތައް ރާއްޖެ އައިސް ކްލިއާކުރަމުންދާތީ ބާޒާރުގައި ވެސް އަގުތައް އަންނަނީ ތިރިވަމުންނެވެ.

HajjCop_ads
MMA_Ads
Advertisement

މިފަހަރު އަގުތަކަށް އައި ބަދަލަކީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ދިމާވި ކަމެކެވެ. އެގޮތުން، ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ދިމާވިއެވެ.

މީގެ އިތުރުން، މިސްރާއި ދެކުނު އެފްރިކާ ފަދަ އޮރެންޖު އެކްސްޕޯޓްކުރާ ގައުމުތަކުން މުދާ ލިބުން ދަތިވުމާއި، އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމުގެ އިތުރުން، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ.

މިހާރު އޮރެންޖު ސަޕްލައި އާންމު ހާލަތަކަށް ރުޖޫއަވަމުންދާތީ، އަގުތައް އިތުރަށް ހަމައަކަށް އެޅޭނެ ކަމަށް ލަފާކުރެވެއެވެ. އާންމު ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަސާސީ ކާބޯތަކެތި ލިބޭކަން ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، އެސްޓީއޯ އަދި ކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކުން ދަނީ ބާޒާރުގެ އަގުތައް މޮނިޓަރ ކުރަމުންނެވެ.

އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވެސް ދަނީ ޚާއްޞަ އިސްކަމެއް ދީގެން އަސާސީ މުދަލުގެ ޝިޕްމަންޓްތައް ދުވަހުން ދުވަހަށް ކްލިއަރ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް ހެދުން އެއީ އަމާޒް: ޝިމާދު

ދ.މީދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށްފި

އެސްޓީއޯ ފިހާރަތަކުން އިނާޔަތް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާޙްކޮށްފި

އެސްޓީއޯގެ ހިއްސާއަކަށް 85ރ. ބަހަން ފާސްކޮށްފި