ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ހުރިހާ އަތޮޅަކުން އަގު ހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ: ސައީދު

minister saeed
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ކުރިއަށްދާ މަޝްރޫއު، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަޙަހައްދުތަކުގައި އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ފައްޓާފައިވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން، ވަޒީރު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް މި މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލް ޝެޑްތައް ގާއިމުކޮށް، ހިދުމަތް ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“އިރާދަކުރެއްވިއްޔާ، ހުރިހާ ސިޓީތައް ހިމެނޭހެން، ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ފުރިހަމައަށް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒު،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުންނާއި، ހާއްސަކޮށް މަސްވެރިންނާއި އިގްތިސާދީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހަރަދު ކުޑަކޮށްދީ، ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ލުޔެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ. މީގެއިތުރުން އެތައް އަހަރެއް ވަންދެން ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ނިމުމެއް ގެނެސް، ގައުމަށް އެދެވޭ ހެޔޮ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެފްއެސްއެމްގެ ފިއުލް ސްޓޭޝަންތައް 7 ރަށެއްގައި، އިތުރު ތަންތަން މިއަހަރު ހުޅުވަނީ

367637 c81b0517 b

ގައުމު ބަނގުރޫޓުވާން އެދޭ ބަޔަކު ތިބުމުން ކަންބޮޑުވޭ: މިނިސްޓަރު ސައީދު

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

އެސްޓީއޯގެ ދެކުނު ފޯރި ކުލަގަދަކޮށް މިއަހަރުވެސް ބާއްވައިފި