ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީހަކު ރަހީނުކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި

Large 177166788758LNFP
STO_Ads

މީހަކު ރަހީނުކޮށް އޭނާއަށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 1:22ހާއިރު، ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ތެރެއިން ކުރި މަސައްކަތުން، އެ މީހާ ހިފަހައްޓާފައި ހުރި ތަން ދެނެގަނެ، ބާރުގެ ބޭނުންކޮށްގެން ވަދެ، 2:29ހާއިރު އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ، އިގްބާލް މިއާ ކިޔާ މީހެކެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، ބިދޭސީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާއަށް އަނިޔާކުރުމުގެ ތުހުމަތު އިގްބާލްގެ މިއާގެ މައްޗަށް ވަނީ ކޮށްފައެވެ.

Maldivian_Ads

އޭނާ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

އިގްބާލް މިއާ ރާއްޖޭގައި އުޅެނީ ގަވައިދާ ޚިލާފަށް ކަމަށް ފާހަގަކޮށް، ކޯޓުން ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަވެދާނެ ކަމަށް ފެންނަ ކަމަށް ވެސް ފާހަގަކޮށްފައެވެ.

އެހެންކަމުން އޭނާ އިއްޔެއިން ފެށިގެން 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

police

ކަސްޓޯޑިއަލްގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓް-މޯޓަމް ހަދަނީ

988

މިޔަރެއް ދަތް އެޅުމުގެ ސަބަބުން ފަރުވާދިނުމުގެ ތެރޭގައި ފަތުރުވެރިއެއްގެ ފައި ފުރިކޮށްލައިފި

Large 161337206156merw

މާލޭ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

WhatsApp Image 2026 04 12 at 18.36.54

ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގީ މަނިކް ސޭޓްގެ އެޕާޓްމަންޓުން!