ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

98
Ads_mulhiraajje

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް ހިންގިކަމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުތަކުން މިކަން ކަށަވަރުވެއެވެ.

އޭގެ ތެރެއިން އެކަކަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 35 އަހަރުގެ މުހައްމަދު މޮޝަރޮފް އެވެ. ދެވަނަ މީހާއަކީ ހަމަ އެ ގައުމަށް ނިސްބަތްވާ، 36 އަހަރުގެ ނަޔަން މިއާ އެވެ.

Maldivian_Ads

ތުހުމަތުވާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓް އަމުރުގައިވެއެވެ.

އެ މާރާމާރީގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ވެއެވެ. މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ފިލާފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

އެ ދެ މީހުންގެ ބަންދަށް ކޯޓުން ދިނީ ހަތް ދުވަހެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

43

ލިޓަން މަރާލިކަން ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ

88887

ހުޅުމާލެ ވޯޓާ ތީމް ޕާކްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

43

ހުޅުމާލެ ފޭސް 2 އިން ކަރަންޓު ކެނޑުނީ މައި ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން: ސްޓެލްކޯ