ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

500އަށްވުރެ ގިނަ ފަތުރުވެރިންނާއެކު މިއަހަރުގެ 6 ވަނަ ކްރޫޒްލައިން ރާއްޖެއަށް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ގިނަ އަދަދެއްގެ ފަތުރުވެރިންނާއިއެކު ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ.

ސީޝެލްސްގެ ސީޝެލްސް ގެ ވިކްޓޯރިއާ ޕޯރޓް އިން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ “އެމްއެސް ކްރިސްޓަލް ސިންފޮނީ” ނަމަކަށް ކިޔާ ކްރޫޒްލައިނަރއެކެވެ. މި ކްރޫޒްލައިނުން ރާއްޖެއަށް 587 ފަތުރުވެރިންނާއި 489 ކްރޫ މެންބަރުން އައިސްފައިވާއިރު އެ މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފައިވަނީ އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުންނެވެ.

ބަހާމާސްގެ “އެމްއެސް ކްރިސްޓަލް ސިންފޮނީ” ރާއްޖެއިން ފުރުއިގެން ދަތުރުކުރާނީ ސްރީލަންކާގެ، ކޮލޮމްބޯއަށެވެ.

HajjCop_ads
Advertisement

މިފަދަ ބޮޑެތި އުޅަނދުފަހަރު ރާއްޖެ އައުމުން، ދަތުރުމަތީގައި ކްލިއަރެންސް ދިނުމަކީ ފަތުރުވެރިންނަށާއި އުޅަނދުގެ އޮޕަރޭޓަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މީގެ ސަބަބުން ބަނދަރަށް މަޑުކުރުމަށްފަހު ފަސިންޖަރުންނަށް ލަސްވުމެއް ނެތް ގޮތުގައި ރާއްޖެއަށް އެތެރެވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

“އެމްއެސް ކްރިސްޓަލް ސިންފޮނީ” މިއަހަރުގެ މިހާތަނަށް ރާއްޖެ އައި 6 ވަނަ ކްރޫޒްލައިނާއެވެ. ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އާދެއެވެ.

ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން

tourists

އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން

އޭޓީއެމް ފެއާ މާދަމާ ފަށަނީ

resort

ނުނިމިހުރި 168 ރިސޯޓު ނިންމުމަށް ފަހިވާނެ ގޮތަށް ގަވާއިދެއް އެކުލަވާލައިފި