އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއާއަށް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން މިއަހަރުގެ ފެއާގައި ވިސިޓް މޯލްޑިވްސް، ވީއެމްސީއާއެކު ރާއްޖޭގެ 74 ކުންފުންޏަކުން 165 މަންދޫބުން ބައިވެރިވާނެއެވެ. ވީއެމްސީއިން މިހާރު ދަނީ ފެއާގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ އޭޓީއެމް ފެއާ އޮންނާނީ މިމަހުގެ 14ވަނަ ދުވަހުން 17ވަނަ ދުވަހާ ހަމައަށް ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރުު ވަމުން އަންނަކަމަށެވެ. އަދި މިއަހަރުގެ މި ފެއާއަށް ރާއްޖެއިން ތައްޔާރުކުރާ ސްޓޭންޑުގެ މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓު ގެސްޓްހައުސްތަކާއި، ސިނާޢަތުގައި ހަރަކާތްތެރިވާ އެހެނިހެން ފަރާތްތައްވެސް ބައިވެރިވެފައިވާކަން ޔާސިރު ފާހަގަކުރެއްވިއެވެ.

“ފެއާއަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔީތައް އަޅުގަނޑުމެން މިހާރުވަމުން މިދަނީ. ރާއްޖޭގެ ސްޓޭންޑުގެ މަސައްކަތްތައްވެސް މިހިރީ ނިމިފަައި. ދަތިތަކާއެކުގަވެސް ވަރަށް ފުރިހަމައަށް ފެއާއަށް ތައްޔާރުވެފަތިބިކަމަށް ޤަބޫލުކުރެވޭ. އުއްމީދަކީ މެދުއިރުމައްޗަށް ދިމާވެފައިވާ ހާލަތާއުކުވެސް، މި ފެއާގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ފުރިހަމައަށް އިޝްތިހާރުކޮށް މިކަމުގެ ފައިދާ ލިބުން”. ޔާސިރު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު