ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްދަޅު ކޭސް މިހާރު ބަހަމުންދަނީ މިފްކޯ އިން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ދޫކުރާނެ

Ads_mulhiraajje

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް މިހާތަނަށް 53895 ގޭބިސީން ނަގާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިވަގުތު މާލެ ސަރަޙައްދުގައި ކުރަމުންދަނީ މިފްކޯ ފިހާރައިންނެވެ.

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފެއްޓެވީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ނަންނޯޓުކޮށްގެން ރޯދަހަދިޔާ ނެގޭނެ އިންތިޒާމުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި މިމަހުގެ 11ވަނަ ދުވަހާ ހަމައަށް އެވުޒާރާއިން ހަމަޖެއްސެވިއެވެ. އޭގެފަހުން މިހާރު ރޯދަހަދިޔާ ބަހަމުންދަނީ މިފްކޯ މަސް ފިހާރައިންނެވެ.

މިފްކޯ މަސް ފިހާރައިން ކޮންމެ ރެއަކު 08:30 އިން 11:00 ޖެހުމާހަމައަށް މަސްދަޅުކޭސް ބެހުމުގެ މަސައްކަތްކުރާނެއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ހަމައަށްކަމަށެވެ.

Maldivian_Ads

މަޢުލޫމާތުދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުގެ ރެއާހަމައަށް މާލެ ސަރަޙައްދުގެ 53895 ގޭބިސީއަކުން މަސްދަޅުކޭސް ނަގާފައިވާކަމަށެވެ. އަދި މިހާތަނަށް މާލެ ސަރަޙައްދުގައި ހިމެނޭ 65639 ގޭބިސީގެ ތެރެއިން 11700 އަށްވުރެ ގިނަ ގޭބިސީން މަސްދަޅުކޭސް ނަގާފައިނުވާކަން އެވުޒާރާއިން ފާހަގަކުރައްވައެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ފުރަތަމަ އަހަރު ކާޑުގެ ބާވަތްތަކުން ރޯދަ ހަދިޔާދެއްވާފައިވާއިރު މިދިޔަ އަހަރާއި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވަމުންގެންދަވަނީ މަސްދަޅު ކޭހެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.

މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސްވަނީ މަސްދަޅު ކޭސް ފޮނުވާފައެވެ. ރަމަޟާން މަހު ތައްޔާރުކުރާ އެކި ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގައި ދިވެހީންގެ މެދުގައި މަސްދަޅު އާންމުކޮށް ބޭނުންކުރާއިރު، ރަމަޟާން މަހު މަސްދަޅަށް އޮންނަ ޑިމާންޑުވެސް ބޮޑުވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Roada hadiyaa

މިއަހަރު 113،382 ގޭބިސީއަކަށް ރޯދަ ހަދިޔާ ދޫކޮށްފި

Roada hadiyaa

ރޯދަ ހަދިޔާ މަސްދަޅުކޭސް ދޫކުރާ ފަހު ތާރީޚަކީ އަންނަ މަހުގެ 4ވަނަ ދުވަސް

Ramazan hadiyaa

ރޯދަ ހަދިޔާ: ހުޅުމާލެ ފޭސް1 އަދި ފޭސް 2ގެ މިފްކޯ ފިހާރައިން ދޫކުރާނެ

Roada hadiyaa

53،000 އަށް ވުރެ ގިނަ މަސް ކޭސް ދޫކޮށްފި